”ކާކު؟“ އެއީ ކާކުކަން ބަލައިލަން ބޭނުން ހެއްޔެވެ؟ އެހެންކަމަށް ވާނަމަ އަވަހަށް ބައިސްކޯފު އެޕް ހުޅުވައިލާށެވެ. މޫވީސް ސެކްޝަނުން ބިރުވެރި ފިލްމު ”ކާކު؟“ މިހާރު ބަލައިލެވޭނެއެވެ.
ކާމިޔާބު އެތައް ފިލްމުތަކެއް ބެލުންތެރިންނާ ހިސާބަށް ގެނެސްދީފައިވާ ޑައިރެކްޓަރ މުޙައްމަދު އަބޫބަކުރު (މާއެބޫ)ގެ ”ކާކު؟“ އަކީ މިހާރުވެސް ހިނގަމުންދާ ހާދިސާއަކަށް ބިނާކޮށް ކުޅެފައިވާ ފިލްމެކެވެ.
’މީ ޕްރޮޑަކްޝަންސް‘ އިން އުފައްދާފައިވާ ”ކާކު؟“ އަކީ މާއެނބޫ ލިޔެފައިވާ ވާހަކައަކަށް މަޙުދީ އަޙްމަދު ލިޔުނު ސްކްރީން ޕްލޭ އަކަށް ތައްޔާރު ކޮށްގެން ގެނެސްދީފައިވާ ފިލްމެކެވެ. މިފިލްމުން ފެނިގެންދަނީ ރަޙުމަތްތެރިން ތަކަކަށް ދިމާވާ ބިރުވެރި ކަންތައްތަކެކެވެ.
މި ފިލްމުގެ ކާސްޓުންނަށް ބަލާލާއިރު މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ޙާމިދު އަލީ އާއި އިބްރާހީމް ސޮބާ ”ކުޑަސޮބާ“ އާއި ޝާފިޢު މުޙައްމަދާއި، އިރްފާނާ އިބްރާހީމް (އިރޫ) ގެ އިތުރުން މި ދާއިރާއަށް އަލަށް ނުކުންނަ ޢާއިޝާތު ޔާސިރާވެސް ފެނިގެން ދާނެއެވެ.
ފިލްމު ”ކާކު؟“ އޮންލައިން މީޑިއާ ޕާޓްނަރަކީ ’މުނިއަވަސް ’ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!