2 މެއި 2019 ދުވަހާއި ގުޅޭ….

“ތަމްޙާން. ޔޫގެ ނޭމް އެންޑް ރިލޭޝަންޝިޕް ސްޓޭޓަސް ޕްލީޒް!” އެމީހާ ވަރަށް ލޯބިން އެހިއެވެ. އެމީހާ އެހައި ހަމަޖެހިފައި އެހުރީ އަހަރެން ފިލާ ރައްކާވާން މަސައްކަތް ކުރަން ނޫޅޭތީކަމަށްވެސް ވެދާނެއެވެ. ކޮންމެގޮތަކުންވެސް އަހަރެން ބޭނުންވަނީ ސަލާމަތުން ހުންނާށެވެ.

“އަދްފާ. ސިންގަލް. ޔޫ؟”

“މަވެސް ސިންގަލް.” އެއްލޯ މަރައިލަމުން އެމީހާ ބުންޏެވެ. އަހަންނަށް ލިބުނީ ޝޮކެކެވެ. މިހައި ސަޅި ޓެރަރިސްޓެއް އަހަންނާ ފްލަރޓް އެ ކުރަނީ ކީއްވެގެންބާވައެވެ؟ އޭނާއަކީ ގާތްގަނޑަކަށް 5 ފޫޓް 8 އިންޗީގެ ދިގު ޒުވާނެކެވެ. ހެދިހުރި ރީތި ސާއްބަ ހަށިގަނޑެއްގެ ވެރިއެއްކަން ލައިގެންހުރި ޓީޝާޓްގެ މަތިންވެސް ބުނަން އެނގެއެވެ. އެއީ މަޑު މުށިކުލައިގެ ލޮލެއްގެ ވެރިއެވެ. ފަންފަން ކަޅު އިސްތަށިކޮޅެއް ލިބިފައިވެއެވެ.

“އޫމް… ދެން މިގެއަށް ތީނަ އައުމުގެ ބޭނުމަކީ؟” އަހަރެން ބޭނުންވީ މަޢުޟޫ ބަދަލުކޮށްލާށެވެ.

“އަހަންނަށް ހީވަނީ އަދްފާ ތި އުޅެނީ މަޢުޟޫ ބަދަލުކޮށްލަންހެން ދޯ! އެކަމަކު މައްސަލައެއްނެތް. މުޅި މި ސަރަޙައްދު އޮތީ ނިއްވާލާފަ. އެއްވެސް އަލިކަމެއްވެސް މަގެއްމަތިން ނުފެނޭ. އެހެންވެ!!” ވަރަށް އާދައިގެ ގޮތަކަށް އެމީހާ (ތަމްޙާން) ކިޔައިދޭން ފެށިއެވެ.

“އަހަރެން އަތުގަ ވެހިކަލްއެއް ނެތް.” އަހަރެން ވަރަށް އުނދަގުލުން ބުނީމެވެ. ސުވާލުގެ ނަޒަރަކުން އޭނާ އަހަންނަށް ބަލައިލިއެވެ. “އަހަރެން ދުއްވަނީ ބައިކެއް.”

“އައްދޭ، ތީ ދެން މާބޮޑަށް ތިމާވެއްޓަށް ލޯބިކުރާ ކުއްޖަކީދޯ.” ހިނިގަނޑެއް ޖަހައިލައިމުން ބުންޏެވެ.

“ނޮޕް. ބައިކެއްގެ މާނައަކީ ކޮންމެހެން ބައިސްކަލެއް ނޫން އިނގޭ، މިސްޓަރ ޖީނިއަސް.” އަހަރެން އޭނާގެ ދެލޮލަށް ފުންކޮށް ބަލައިލަމުން ސަމާސާ ކޮށްލީމެވެ.

“އަހަރެން ވަރަށް އިމްޕްރެސް ވެއްޖެ. މިބުނީ ކުރިން ނުވާ ވާހަކައެއް ނޫން.” އޭނާގެ ނަޒަރު އަހަރެންގެ މުޅި ހަށިގަނޑަށް ހިންގައިލިއެވެ. އަހަންނަށް ލަދުވެތިކަމުގެ ފިނި އިޙްސާސެއް ވެގެން ދިޔަކަން ފާހަގަ ކުރެވުނެވެ. “ބައެއްކުދިންނަކީ އެހާ ތަޢުރީފުގެ ބަސްތައް އަޑުއަހާ ހިތްވާ ކުދިންނެއް ނޫންހެން ހާދަ ހީވެޔޭ!” އޭނާ ދެ ދަތްޕިލަ ޖައްސައިގެން އިނދެ ސަމާސާ ރާގެއްގައި ބުންޏެވެ.

“ޝަޓަޕް.” އަހަރެން ދުރަށް ބަލައިލަމުން މަޑުމަޑުން ބުނީމެވެ. ސޯފާއިން ތެދުވެ ހިނގައިގަތީމެވެ. އަހަރެން ބޭނުންވީ ކަރު ތެއްމާލާނެ އެއްޗެއް ހޯދާށެވެ. އަހަންނަށް ފިޔަވަޅެއްވެސް ނޭޅެއެވެ. ސޯފާއާއި ދިމާއަށް އޭނާ އަހަރެން ވައްޓާލިއެވެ. އަހަރެންގެ ފައިގައި އޭނާގެ ފައިން ދަތިއަޅުވާލައިގެންނެވެ.

“ކީއްތަ ތިކުރަނީ؟” އަހަރެން ތަމްޙާން ކުރެން އެހީމެވެ. އޭރު އޭނާ އޮތީ އަހަންނާ ދިމާއަށް ގުދުވެގެންނެވެ.

“ތީނަ ފޯނާއި ހަމައަށް ދިޔަނުދީ ވޭތޯ އެއްނު މި ބަލަނީ.” ފްލަރޓްކުރާ ރާގެއްގައި ތަމްޙާން ބުންޏެވެ.

“އައްދޭ. އަހަރެން އުޅުނީ ކޮންމެވެސް ޑްރިންކެއް ގެންނަންކަމަށް. ތީނަވެސް ބޭނުމިއްޔާ ހަމަ އަންނަންވީ. އޭރުން ދެންމެ ތިހެދިހެން ފައިއަޅުވާލާފަ ވައްޓާލާކަށް ނުޖެހޭނެއެއްނު.”

“އޯކޭ. އެކަމަކު އަދިވެސް އަހަރެން އެހެން ހަދާފާނަން އިނގޭ. އެކަމަކު އެއީ މަޖަލަށް އިނގޭ.” އެއްލޯ މަރައިލަމުން ތަމްހާން އަހަރެންގެ ގައިމަތިން ތެދުވިއެވެ. އަހަރެން އޭނާއަށް ފުންކޮށް ބަލައިލީމެވެ.

“ފަ* ޔޫ، ތަމްޙާން.”

“އަދްފާ ބޭނުންވި ކޮންމެ ފަހަރަކު!!”

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.