މިއީ ލ. މާންދޫ ހޮރައިޒަން ފިޝަރީޒް ގެ ފުރާޅުދަށުން ހިންގާ މާންދޫ ޓްރެއިނިންގް ސެންޓަރުން ހިންގި ކޯސް ތަކެއްގެ ދަސްވެނިންނަށް ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ހަފުލާ އަކަށް ތައްޔާރުކޮށްފައިވާ ކުރު ޑޮކިއުމެންޓްރީ އެކެވެ. މި ޑޮކިއުމެންޓަރީގައި މައިގަނޑުގޮތެއްގައި ބަލާލާފައި ވާނީ ކޯހުގެ ބައިވެރިންގެ ތެރެއިން އެއް ބައިވެރިއެއްގެ ހަޔާތާއި ގުޅުވާލައިގެންނެވެ.
މިއީ ލ. ކުނަހަންދޫ ދިލާސާގޭ އަހުމަދު އިބުރާހިމް އާއި ޞާބިރާ އަބުދުﷲގެ ދަރިފުޅު އިދުރީސް އަހުމަދުގެ ވާހަކަ އެވެ.
ރަށުގައި ހުރެ ރަނގަޅު އާއްމުދަނީއެއް ލިބޭނެ ފުރުޞަތެއް ނެތުމުން އިދުރީސް މާންދޫ ފިޝަރީޒްކޮމްޕްލެކްސް ގެ ލޭބަރ1ގެ ވަޒީފާއަށް ވަނީ 21ޖޫން 2013 ގައެވެ.
ލޭބަރެއްގެ ވަޒީފާގައި ގަންބޫޓުގައި ވަގުތުހޭދަކުރުމަކަށް އޭނާގެ ޞިއްހީ ހާލަތު ތަނެއްނުދިން. މުޅިފައި އެލާޖިކުވެ ފާރުވާން ފެށުމުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަން ކިތައްމެ ބޭނުންވެފައި ހުއްޓަސް އެކަމުގައި ކުރިއަށް ދެވޭގޮތެއް އިދުރީހަކަށް ނުވި އެވެ. ގޮތްހުސްވެ އިދުރީސް އޭނާގެ އުފަންރަށަށް ދާންޖެހުނެވެ. ނަމަވެސް އޭނާ މާންދޫގެ ވަޒީފާ ދޫކޮށްލާފައި ދާހިތެއްނުވުމުން މާންދޫ ސްޓޯރަށް އެވަގުތު މީހަކު ބޭނުންވާތީ އެޗް.އާރް އާއި ވާހަކަ ދައްކައިގެން ސްޓޯރުގައި އިދުރީސް މަޑުކުރި އެވެ. އެދުވަސްކޮޅު ވެގެންދިޔައީ މާންދޫ ޓުރޭނިންގ ސެންޓަރާއި އެމް.އައި.ޓީ ގުޅިގެން ރެފްރިޖިރޭޝަން ކޯހެއް އިޢުލާން ކުރިދުވަސްކޮޅަކަަށްެވެ. ކުރިއަށްދިއުމުގެ ޝައުޤު އިންތިހާއަށް ހުންނަ އިދްރީސް ދަނޑިވަޅުގެ ބޭނުން ހިފައި އެ ކޯހުގައި ބައިވެރިވުމާއިމެދު ވިސްނަންފެށި އެވެ.
ސްޓޯރުގެ އިސްވެރިންނާ ވާހަކަދެއްކުމަށްފަހު ކޯހުގައި ބައިވެރިވީ ސްޓޯރުގައި މަސައްކަތް ކުރަމުން ކޯހުގައި ކުރިއަށް ދިއުމަށް ކަމަރު ބަނދެލައިގެންނެވެ. ކޮންމެ ދުވަހަކު ހެދުނު ސްޓޯރުގެ މަސައްކަތުގައި އަދި ރޭގަނޑު ކޯހުގެ ކިޔެވުމުގައި 4މަސް ދުއްވާލީ ވަރަށް ޖޯޝާއި ފޯރިއާ އެކުގައެވެ.
ޓެކްނިކަލް ނޮލެޖު އެއްގޮތަކަށް ލިބިފައިނެތް އިދުރީސް އަހުމަދު ހިމެނިގެންދިޔައީ ރިޓެސްޓަށް ނުގޮސް ކޯސްނިންމާލި ތޫނުފިލި ކުދިންގެ ތެރޭގައެވެ. އޭނާގެ ހުނަރުވެރިކަން މާންދޫގެ ރެފް ކޮމްޕްލެކްސްގެ އިސްފަރާތް ތަކަށްވެސް މިހިސާބުން ފާހަގަކުރެވުނެވެ. ނަތީޖާއަކަށްވީ އިދުރީސް ކިޔެވި ދާއިރާއިން ވަޒީފާއަދާކުރާނެ ފުރުޞަތު 30 ސެޕްޓެމްބަރ2015 ގައި އޭނާއަށް ތަނަވަސްވެގެން ދިޔުމެވެ.
މިހިސާބުން އިދްރީހުގެ ހުރިހާކަމެއް ބަދަލުވެގެންދިޔަ އެވެ. މީހުނާއި އަގައިން ނުބުނެ މަޑުމަޑުން ހުންނަ އިދުރީހަކީ މީހުނާގުޅޭ، މަޖާ، މަސައްކަތް ކުރަންކެރޭ މީހަކަށްވި އެވެ. ރެފްޓީމުގެ މުހިއްމު ޕްލޭޔަރުންގެ ތެރޭގައި އިދްރީހުގެ ނަންވެސް ގުނެން ފެށުނެވެ. ސްކޫލްތަކުން ހިންގާ ދަސްވާރު ޕްރޮގްރާމްގެ ކުދިންނާއިއެކު އެންމެ މަޖާކޮށް އެކުދިންނަށް ޕްރެކްޓިކަލް މަސައްކަތް ދަސްކޮށްދޭ މުދައްރިބަކަށް ވެސް އިދުރީސް އަހުމަދުވެއްޖެ އެވެ.
ސިޔާސީ ނުވަތަ ފުޓްބޯޅައިގެ މައިދާނެއް ނޫނަސް މިހިސާބުން ޓުރާންސްފަރ މާކެޓުގައި އިދުރީހްގެ އަގުވެސް އުފުލިއްޖެ އެވެ. މިވަގުތު މާންދޫ ހޮރައިޒަން ފިޝަރީޒްގެ ވަޒީފާގައި ހުއްޓަސް، ބޮޑުމުސާރައާއި އެކު ރެފްރިޖިރޭޝަން ޓެކްނީޝަން އެއްގެ ވަޒީފާއަށް ކޮނެއްޓާ މޯލްޑިވްސްއިން ހުވަދު އަތޮޅުގައި އަލަށް ހުޅުވާ ރިސޯޓުން ފުރުޞަތު ލިބުނެވެ. ނަމަވެސް އިދުރީސް މާންދޫ ދޫކޮށެއް ނުލައެވެ.
މިއީ އިދުރީހްގެ ވާހަކަ އެވެ. ކިތައްމެ ޅަފަތުގައި އޮތް ޓްރެއިނިންގް ސެންޓަރަކަސް މިހަލަ ކިތަންމެ ކުދިންނެއްގެވާހަ މި ޓްރޭނިންސެންޓަރުގެ ކާމިޔާބީތެރޭގައި ހިމަނާލެވެން އެބަ އޮތެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!