ވީމީޑިއާ އޮރިޖިނަލްސް އިން އުފައްދަން ފަށާފައިވާ ލޯބީގެ ކޮމެޑީ ފިލްމު ”ކޮސް ގިނަ މިސްޓޭކް“، ކާމިޔާބު ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤް ގަނެފިކަމަށް އޭނާ ބުނެފިއެވެ.
ވީމީޑިއާ އޮރިޖިނަލްސްގެ ދެވަނަ ފީޗަރ ފިލްމު ”ކޮސް ގިނަ މިސްޓޭކް“ގެ ޝޫޓިންގެ %90 ނިމިފައިވާއިރު، ފިލްމުގެ މަސައްކަތް ހުއްޓިފައިވަނީ ބަޖެޓް ހުސްވުމުންކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ފިލްމުގެ މަސައްކަތް ހުއްޓިފައިވާ އޮންނަތާ ދުވަސްކޮޅެއް ވެފައިވާ މި ފިލްމު އުފެއްދުމަށް ކޯ-ޕްރޮޑިއުސަރެއް ހޯދުމަށް މަސައްކަތްކޮށްފައިވާކަންވެސް ވަނީ ހާމަވެފައެވެ. ”ކޮސް ގިނަ މިސްޓޭކް“ގެ ނުނި ވަނީ އެންމެ ލަވައަކާއި މަދު ސީން ކޮޅެއްކަމަށް ޕްރޮޑިއުސަރ ޝަފީޤް މުނިއަވަސް އަށް ބުނެފައިވެއެވެ.
މިދިޔަ އަހަރު ނޮވެމްބަރު މަހު އެޅުވުމަށް އަމާޒުހިފި މި ފިލްމު އެޅުވުމަށް މިހާރު ހަމަޖެހިފައިވަނީ މި އަހަރުގެ ތާރީޚެއްގައެވެ.
ބޮޑު ކާސްޓެއް ހިމަނައިގެން 2019 އޯގަސްޓް މަހު 28ގައި ޝޫޓްކުރަން ފެށި ”ކޮސް ގިނަ މިސްޓޭކް“ އަކީ ޝަފީޤް ޕްރޮޑިއުސްކޮށް އުފެއްދި ކާމިޔާބު ކޮމެޑީ ފިލްމުތައް ކަމަށްވާ “ނޯޓީ ފޯޓީ” އާއި “ފޯޓީ ޕްލަސް” ލިޔެ ޑައިރެކްޓްކުރި ޔޫސުފް ޝަފީޢު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކުރާ ފިލްމެކެވެ.
ފިލްމުގެ ކާސްޓުންގެ ތެރޭގައި ހާމިދު ޢަލީ (ހާމިދު)، ޔޫސުފު ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން (ސީޒަން)، މަރިޔަމް އައްޒަ (އައްޒަ)، ނުޒުހަތު ޝުއައިބް (ނުޒޫ)، އިބްރާހިމް ޝާފިއު (ފުބޫ)، އިރުފާނާ އިބްރާހީމް (އިރޫ)، އަޙްމަދު ސައީދު (ސައީދު)، އަޙްމަދު ނިމާލް (ނިމާލް)، ޢަލީ އާޒިމް (ދޮން އައްޔަ)، އަޙްމަދު އީސަ (އާނަންދު)، ގުލިސްތާނު މުޙައްމަދު ގެ އިތުރުން މުޙައްމަދު ނަވާލް އާއި އާއިޝަތު ލަހުފާ މުހައްމަދު (ލަހޫ) ހިމެނެއެވެ.
”ކޮސް ގިނަ މިސްޓޭކް“ ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!