މި މަހު އުފެދިގެން އައި ރެކޯޑް ލޭބަލް އެއް ކަމަށްވާ ‘ޑީބީ ރެކޯޑްސް‘ އިން އެ ލޭބަލްގެ ފުރަތަމަ ސިންގަލް މި ހިނގާ ޖެނުއަރީ މަހު ރިލީޒްކުރާނެކަމަށް އެ ރެކޯޑްސް އިން ބުނެފިއެވެ.
‘ޑީބީ ރެކޯޑްސް‘ގެ ފުރަތަމަ ސިންގަލް އިން އިވިގެން ދާނީ މުޅިން އައު އަޑެއް ކަމުގައި ލޭބަލްގެ ސީއީއޯ އަޙްމަދު ފަތީން މުނިއަވަސް އަށް މައުލޫމާތުދެމުން ބުންޏެވެ.
‘ޑީބީ ރެކޯޑްސް‘ގެ ފުރަތަމަ ސިންގަލް “މަލާމާތް” ކިޔާފައިވަނީ އިސްމާޢީލް ޝިޔާރު (އިއްސޭ) އެވެ. ‘ޑީބީ ރެކޯޑްސް‘ އިން މި ވަނީ ދިވެހި މިއުޒިކް ސިނާއަތުގެ ތެރެއަށް އައު އަޑުތަކެއް ތައާރަފުކުރުމަށް އަމާޒުހިފާފައެވެ. އެގޮތުން އިއްސެއަކީ ވެސް ‘ޑީބީ ރެކޯޑްސް‘ އިން ރީތި އަޑެއްހޯދުމަށް ކުރި މަސައްކަތުގައި މި ލޭބަލްގެ ފައުންޑަރ މުސްތާޤް އާއި ހަމައަށް ޔާމްބެ ގެނެސްދިނުމުން މުސްތާޤްގެ ކަންފަތުގައި އަޅައިގަތްހިތްގައިމު އަޑެކެވެ.
އިއްސެ ވަނީ މީގެ ކުރިން “ކާކު؟” ފިލްމަށް ‘ބުނެބަލާށޭ ކަލާ‘ގެ ނަމުގައި ހިތްގައިމު ލަވައެއް ކިޔައިދީފައެވެ. ނަމަވެސް ‘މަލާމާތް’ ވެގެންދާނީ އިއްސެގެ އަމިއްލަ ފުރަތަމަ ސިންގަލްއަށް ކަން ފާހަގަކޮށްލެވެއެވެ.
‘ޑީބީ ރެކޯޑްސް’ އަކީ އުފެދުމާއެކު ގިނަ ބައެއްގެ ލޯތައް އެ ލޭބަލް އަށް ހުއްޓިފައިވާ އުއްމީދީ ލޭބަލްއެކެވެ. މީގެ މައިގަނޑު ސަބަބަކީ ފައުންޑަރ މުސްތާޤް މޫސާއަކީ މީގެ ކުރިންވެސް “ޝައްކު”، “ސޮރީ ހަނީ”، “ނޮއިސް”، “ވަގުތު” އަދި “މާޒީ” ފަދަ ހިތްގައިމު އަދި އެހާމެ ތަފާތު ލަވަތައް ޕްރޮޑިއުސްކޮށް އެހުންތެރިންނާ ހަމައަށް ގެނެސްދިނުމުގައި ހިއްސާވެފައިވާ ފަރާތަކަށް ވާތީކަން ފާހަގަކޮށްލެވެއެވެ.
ކޮންމެއަކަސް، މުސްތާޤް ކޮށްފައިވާ “މަލާމާތް” އަޑުއަހައިލަން ތައްޔާރަށް ތިބެމާ ހިނގާށެވެ.
‘ޑީބީ ރެކޯޑްސް’ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!