ކުރިއަރަމުން އަންނަ ހުނަރުވެރި ފިލްމީތަރި ނުޒުހަތު ޝުއައިބް (ނުޒޫ) މިއަދު ކައިވެނިކޮށްފި އެވެ.
ނުޒޫ މިއަދު ކައިވެނިކުރީ އޭނާގ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަބްދުﷲ ޝަފީއު (ރިޗަޑް) އާއެވެ. ކައިވެނި ކުރުމަށްފަހު އާއިލާއާބެހޭ ކޯޓުގެ ބޭރުގައި ނަގާފައިވާ ފޮޓޮއާއި ވީޑިއޯ މީސްމީޑިއާއަށް ނުޒޫ ހިއްސާކޮށްފައިވެއެވެ.
މަޢުލޫމާތު ލިބޭގޮތުން ނުޒޫ ކައިވެނިކުރި ޝަފީޢުއަކީ ރިޒޯޓް މިއުޒިކް ކުޅޭ ބޭންޑެއްގެ މެންބަރެކެވެ.
ދިވެހި ފިލްމު “މަލިކާ” އިން މޮޅު އެކްޓިންއަކާއެކު ފިލްމީ ދާއިރާ އަށް ތައާރަފުވި ނުޒޫ އަކީ މިވަގުތު އެންމެ ކުރިއަރަމުން އަންނަ ދިވެހި ފިލްމީ ފަންނާނުންގެ ތެރެއިން ފަންނާނެކެވެ.
ނުޒޫ އެންމެފަހުން ފެނިފައިވާ ދިވެހި ފީޗާ ފިލްމު “ބަވަތި” އިން މޮޅު އެކްޓިންއެއް ދައްކާފައިވާއިރު، އައި ފިލްމްސްގެ ދެވަނަ ފިލްމު “ނީނާ” އަށް ނުޒޫ ތައްޔާރުވަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
