“ވައިޓް ފަޔަރ” ފޮޓޯ މައުރަޒާއި ފިލްމު “ބަވަތިި” ގެ އިތުރުން ތަފާތު މަންސަތަކުގައި ހުނަރުވެރި މޮޅު މޭކަޕްތަކެއް ދައްކުވައިދީފައިވާ ޒުވާން މޭކަޕް އާޓިސްޓު ރުތުބާ އަޙްމަދުގެ މޭކަޕް ޝޯވއެއް ދިރާގު ޓީވީއަށް އުފެއްދުމަށް ސޮއިކޮށްފިއެވެ.

“މޭކަޕް ބައި ރުތުބާ MAKE-UP BY RUTHBA” ގެ ނަމުގައި ގެނެސްދޭ މި ޝޯވ ވެގެން ދާނީ މި ފަދަ ގޮތަކަށް ދިވެހި ޓީވީ ޕްލެޓްފޯމެއްގައި ނެރޭ ފުރަތަމަ ޝޯވއަށެވެ.

“މޭކަޕް ބައި ރުތުބާ” ސީރީޒް ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް ލައިބްރަރީން، މި އަހަރު ތެރޭގައި ޢާންމުންނަށް ފެނިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ރުތުބާ ކޮށްފައިވާ އެފްއެކްސް މޭކަޕް – ފޮޓޯ: ރުތުބާގެ އިންސްޓަގްރާމުން

ރުތުބާ ބުނީ ދިރާގުން މިވަރުގެ ފުރުޞަތެއް ލިބުމުން އެއީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ދިރާގު ޓީވީން ދިވެހި ފަންނުވެރިން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް ދިވެހި އާރޓިސްޓުން އަބަދުވެސް ބަލައި ގަންނަކަމަށެވެ.

ރުތުބާ އަހުމަދަކީ މަޝްހޫރު މޭކަޕް އާޓިސްޓެކެވެ. މިކަން އޭނާގެ އިންސްޓަގްރާމް ޕޭޖްގެ 13000 އަށްވުރެން ގިނަ ފޮލޮވާޒްއިން ތިބުމުންވެސް އެކަން ޔަގީންކޮށްދެއެވެ. ރުތުބާގެ އިންސްޓަގްރާމް ޕޭޖް ބަލައިލިޔަސް ރުތުބާގެ ގްލެމަރ މޭކަޕް އަދި ސްޕެޝަލް އެފެކްސް މޭކަޕްގެ ކުޅަދާނަކަން އެނގޭނެއެވެ.

ރުތުބާ ކޮށްފައިވާ ގްލެމަރ މޭކަޕް – ފޮޓޯ: ރުތުބާގެ އިންސްޓަގްރާމުން

ރުތުބާ ފަދަ ހުނަރުވެރި ފަންނާނެއްގެ މޭކަޕް ގެނެސްދޭ ޝޯވ އެއް ދިރާގު ޓީވީން ގެނެސްދިނުމަކީ ހަމަ ގައިމުވެސް މޭކަޕް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަރަށް ބޭނުންތެރި ކަމަކަށް ވާނެއެވެ.

ދިރާގު ޓީވީ އޮން ޑިމާންޓް ޕްލެޓްފޯމުން ބަލައިލެވެން މިހާރު ހުރި ފިލްމުތަކުން އައި ފިލްމްސްގެ “ބަވަތިި”ގައި ރުތުބާ ކޮށްފައިވަނީ ތަޢުރީފު ހައްގުވާހާ މޮޅު މޭކަޕެއްކަން ފާހަގަކޮށްލެވެއެވެ. އައި ފިލްމްސްގެ ދެވަނަ ފިލްމު “ނީނާ” ގައިވެސް މޭކަޕް އާޓިސްޓަކީ ރުތުބާއެވެ.

“ބަވަތި” އަށް ރުތުބާ މޭކަޕްކޮށްދެއްނީ – ފޮޓޯ: އައި ފިލްމްސް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.