ދުނިޔޭގައި ކެއްކުމުގެ އެންމެ ބޮޑު ފްރެންޗައިސް ޝޯގެ ރާއްޖޭގެ ވާރޝަން “މާސްޓަޝެފް މޯލްޑިވްސް” ރޭ ޕީއެސްއެމްގެ ޓެލެވިޛަން މޯލްޑިވްސް އިން ރާއްޖެއަށް ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ.

ޓީވީއެމްގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ‘އެންޑެމޯލް ޝައިން ކުންފުނީ’ގެ ފްރެންޗައިޒް، “މާސްޓަޝެފް މޯލްޑިވްސް” ރަސްމީކޮށް ތަޢާރަފްކޮށްދެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދެވެ.

“މާސްޓަޝެފް މޯލްޑިވްސް” ލޯންޗްކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކައިގައި ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދު ވަނީ މާސްޓަރ ޝެފްގެ ޝޯވްތައް ސެޕްޓެމްބަރު މަހުގެ ތެރޭގައި ދައްކަން ފަށާނެކަން އިއުލާން ކުރައްވާފައެވެ. ޢަލީ ޚާލިދު ވިދާޅުވީ މީރު ރަހައާއި ކުޅަދާނަ ކެއްކުންތެރިކަމަކީ ދިވެހީންގެ ލެޔާއި ގުޅިފައިވާ ކަމެއްކަމަށެވެ. އަދި މިއީ ކުރިއަރަމުން އަންނަ ޒުވާން، އުންމީދީ ކައްކާއިންނާއި މި ރޮނގުން ކުރިއަށްދާން ބޭނުންވާ ދިވެހީންނަށް ބައިނަލްއަޤްވާމީ ފަންތީގައި ވާދަކޮށް، ބެލުންތެރީންނާއި މުޅި ދުނިޔެއަށް މި ފަންނުގައި ދިވެހީންގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމަށް ލިބޭ ރަނުގެ ފުރުޞަތެއް ކަމަށެވެ.

މާސްޓަރ ޝެފް މޯލްޑިވްސް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި”މާސްޓަޝެފް” ފްރެންޗައިޒްގެ މައި ކުންފުނި އެންޑެމޯލް ޝައިންއިން އޭޝިއާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަ ރީޖަނަލް ޑައިރެކްޓަރ ރަޝްމީ ބަޖްޕާއީވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރަޝްމީ ވިދާޅުވީ “މާސްޓަޝެފް” އަކީ ކެއްކުމުގެ ދާއިރާއިން ކުރިއަށްދާން ޝަޢުޤުވެރިވާ ދިވެހިންނާއި ފަތުރުވެރިކަމާއި ކެއިންބުއިމުގެ ޚިދުމަތްތަކާއި ގުޅުންހުރި ސިނާޢަތްތަކަށް ހުޅުވިގެންދާނޭ ފުރުސަތެއްކަމަށެވެ.

މި ރަސްމިއްޔާތުގައި “މާސްޓަޝެފް މޯލްޑިވްސް”ގެ ފުރަތަމަ ސީޒަންގެ ސްޕޮންސަރުންނާއެކު ވަނީ ސޮއިކޮށްފައެވެ. ޓައިޓްލް ސްޕޮންސަރއަކަށް ހަމަޖައްސާފައިވަނީ ދިރާގުއެވެ. މީގެއިތުރުން އެސްޓީއޯ، ވިލާ ކޮލެޖް އަދި ބެންކް އޮފް މޯލްޑިވްސްއާއެކުވެސް ވަނީ ސްޕޮންސަރޝިޕް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ދިރާގަކީ ރާއްޖޭގެ ފުރަތަމަ ބައިނަލްއަޤްވާމީ ފްރެންޗައިޒް ޝޯ، މޯލްޑިވިއަން އައިޑަލްގެ ވެސް ޓައިޓްލް ސްޕޮންސަރެވެ. އަދި އެސްޓީއޯ އާއި ވިލާކޮލެޖްގެ އިތުރުން ބީއެމްއެލް އަކީ ވެސް ޕީއެސްއެމް އާ އެކު އަމިއްލަ އަދި ފްރެންޗައިޒް އުފެއްދުންތައް ސްޕޮންސަރ ކޮށްދެމުންދާ ފަރާތްތަކެކެވެ.

މިފަހަރު ޕީއެސްއެމް އިން ދިވެހިންގެ ހުނަރުވެރިކަން އިންޓަރނޭޝަނަލް ޕްލެޓް ފޯމެއްގައި ދައްކާލުމަށް ފުރުސަތު ރާއްޖޭގައި އުޅޭ ކުޅަދާނަ ކެއްކުންތެރިންނަށް ހުޅުވާލާއިރު، މި ޕްރޮގްރާމް ވެގެންދާނީ ރާއްޖޭގައި އުޅޭ ކެއްކުންތެރިންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތަކަށެވެ.

މިއީ ކެއްކުމުގެ ދާއިރާގައި ޒުވާނުން ކުރިއަށް ގޮސް ބައިނަލްއަޤްވާމީ ފަންތީގައި ވާދަކޮށް ދުނިޔެއަށް މި ފަންނުގައި ދިވެހީންގެ ހުނަރާއި ގާބިލްކަން ސާބިތު ކޮށްދިނުމަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ވިދާޅުވިއެވެ.

“މާސްޓަޝެފް” ފްރެންޗައިޒްގެ މައި ކުންފުނި އެންޑެމޯލް ޝައިންއިން އޭޝިއާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަ ރީޖަނަލް ޑައިރެކްޓަރު ރަސްމީ ބަޖްޕާއީ ވިދާޅުވީ “މާސްޓަޝެފް” އަކީ ކެއްކުމުގެ ދާއިރާއިން ކުރިއަށްދާން ޝައުގުވެރިވާ ދިވެހިންނާއި ފަތުރުވެރިކަމާއި ކެއިންބުއިމުގެ ޚިދުމަތްތަކާއި ގުޅުންހުރި ސިނާއަތްތަކަށް ހުޅުވޭ ދޮރެއް ކަމަށެވެ.

މި މުބާރާތުގެ ތެރެއިން ކެއްކުންތެރިންނަށް ކެއްކުމުގެ ތަފާތު ޗެލެންޖިން މަސައްކަތްތަކެއް ހަވާލު ކުރެވޭއިރު، ބައިވެރިންގެ މެދުގައި އޮންނަ ވާދަވެރިކަން ވަރަށް ބޮޑުވާނެއެވެ. އަދި އެކި ރައުންޑުތަކަށް ބަހާލައިގެން މި ރިއަލިޓީ ޝޯ ކުރިއަށްދާއިރު، މުބާރާތް ކުރިއަށްދާވަރަށް ބައިވެރިންތައްވެސް މުބާރާތުން ދާނީ ވަކިވަމުންނެވެ.

މާސްޓަރ ޝެފްގެ ޕްރެންޗައިޒް ފޯމެޓް ގަނެ، މި ޝޯވ ދިވެހިންނާއި ހިސާބަށް ގެނައުމުގެ މަސައްކަތް ޕީއެސްއެމް އިން ފަށާފައިވާއިރު، މި ޝޯ ވެގެންދާނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި ކެއްކުންތެރިންނަށް އެމީހުންގެ ކެއްކުމުގެ ޤާބިލުކަން ދައްކާލުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތަކަށެވެ.

ޕީއެސްއެމްއިން ބުނީ ސްޕޮންސަރުންނަށް މާސްޓަ ޝެފް ޝޯ ތެރެއިންނާއި ބޭރުން ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. މާސްޓަޝެފް މޯލްޑިވްސްގެ ފުރަތަމަ ސީޒަން ޓީވީން ދައްކާނީ އަންނަ ސެޕްޓެންބަރުމަހުގެ ތެރޭގަ އެވެ. ނަމަވެސް އޭގެ ކުރިން އޮޑިޝަން ކުރިޔަށް ގެންގޮސް ޖަޖުން އިޢުލާނު ކުރާނެ އެވެ.

ޚަބަރަށް މަޢުލޫމާތު ނެގީ: ޕީއެސްއެމް ވެބްސައިޓުން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.