އޭޝިޔާގައި ވާހަކަދައްކައި އުޅޭ ފަސް ބަހަކުން ބައިނަލް އަޤްވާމީ ބްލޮކްބަސްޓަރ ފިލްމެއް ހެދުމަށް ސްރީ ލަންކާގެ ‘މޫވީ ޕްރޮޑިއުސަރސް އެންޑް އިމްޕޯރޓަރސް ކޮމްޕެނީ (އެމްޕީއައި)ގެ ފިލްމު ސާރކިޓް ޑައިރެކްޓަރ އަދި މަޝްހޫރު ފިލްމު ޕްރޮޑިއުސަރ ޑރ. އަރޯޝާ ފެރްނާންޑޯ ނިންމައިފިއެވެ. އެގޮތުން ސިންގަޅަ، ހިންދީ އަދި ދިވެހިބަހުގެ އިތުރުން އެހެނިހެން ދެ ބަހެއް ވެސް މި ފިލްމުގައި ހިމެނޭކަމަށް މަޢުލޫމާތު ލިބެއެވެ.
ޑރ. އަރޯޝާ ފެރްނާންޑޯ ގެ މި ފިލްމު ވެގެންދާނީ ދިވެހިންނަށް ވެސް ޚާއްޞަ ފިލްމަކަށެވެ. އެގޮތުން މި ފިލްމުގައި ދިވެހި އެކްޓަރުންނާއި ޕްރޮޑަކްޝަން މަސައްކަތުގައި ދިވެހި ފަންނާނުން ހަރަކާތްތެރިވާނެ އެވެ. މުނިއަވަސް އަށް އެނގިފައިވާގޮތުން ދިވެހިރާއްޖެއިން މި ފިލްމުގެ ޑައިރެކްޝަންގައި ހަރަކާތްތެރިވާނީ މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަން އެވެ. އެކަން ސީޒަން ވެސް ވަނީ މުނިއަވަސް އަށް ޔަޤީންކޮށްދީފައެވެ.
އެމްޕީއައިގެ ބައިނަލް އަޤްވާމީ ބްލޮކްބަސްޓަރ ފިލްމު ޝޫޓުްކުރުމަށް ހަމަޖެހިފައިވަނީ ލަންކާގެ ހިތްގައިމު ލޮކޭޝަންތަކުގައެވެ. ފިލްމުގެ ކާސްޓުންނާއި ކްރޫއިންގެ ތެރޭގައި އިންޑިޔާ، ދިވެހިރާއްޖެ އަދި ސްރީ ލަންކާގެ ފަންނާނުން ހަރަކާތްތެރިވާނެ ކަމަށް ޑރ. އަރޯޝާ ފެރްނާންޑޯ ހާމަކުރައްވައެވެ.
“ބައިނަލް އަޤްވާމީ މި ވެންޗުއަރ އާއެކު އިސާހިތަކު ސިންގަޅަ ސިނަމާގެ ތާރީޚުގައި އައު ބާބެއް ލިޔެވިގެން ދާނެ. ލޯކަލް ފިލްމު އިންޑަސްޓްރީއަށް މިކަމުން ނުހަނު ބޮޑު ފައިދާއެއް ލިބިގެންދާނެ. ޕްލޭންކޮށްފައިވާ ގޮތުން ފިލްމު ޕްރޮޑިއުސްކުރާނީ ބައިނަލް އަޤްވާމީ މިންގަނޑުތަކަށް. މިކަމުގެ ތެރޭގައި ދޭދޭ ގައުމުތަކުގެ ފިލްމު ކްރޫއިން ކަންތައްތައް ކުރާގޮތް އެއް ބަޔަކު އަނެއް ބަޔަކަށް އެނގިގެންވެސް ދާނެ.” މި ޕްރޮޖެކްޓާ މެދު ޑރ. އަރޯޝާ ފެރްނާންޑޯ ދެކިލައްވާ ގޮތް ހާމަކުރެއްވިއެވެ.
ޢަލީ ސީޒަން އަކީ މީގެ ކުރިންވެސް ސިންގަޅަ ފިލްމު ޑައިރެކްޓްކޮށްފައިވާ ފަންނާނެއްކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން އެމްޕީއައިގެ ބައިނަލް އަޤްވާމީ ބްލޮކްބަސްޓަރ ފިލްމުގެ މަސައްކަތް ކުރުމުގައި ސީޒަން ވެގެންދާނީ އެކަމަށް އަހުލުވެރިވެފައިވާ ފަންނާނަކަށް ކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” ބޭންޑުގެ 05 ވަނަ ހުށައެޅުން 25 އޭޕްރީލްގައި
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި