ގިނަ ލޮކޭޝަންތަކެއްގައި ޝޫޓްކުރަމުން އަންނަ ފިލްމު ”ނޮވެމްބަރ”ގެ މަންޒަރުތަކެއް މިއަދު މަންޓާ އެއަރގެ މަތިންދާބޯޓެއްގައި ނަގައިފިއެވެ. މަންޓާ ކުޑަހުވަދޫ އެއަރޕޯޓްގައި އޮތް މަންޓާ އެއަރ ބޯޓެއްގައި މަންޒަރުތައް ނެގުމަށްފަހު ޓީމު އެނބުރި މާލެ އައިސްފައިވަނީ މިއަދު ހަވީރުއެވެ.
މައުލޫމާތު ލިބިފައިވާގޮތުން ދ. ކުޑަހުވަދުއަށް ފިލްމު ކްރޫއާއި ތަރިން މިއަދު ދިޔައީ ފިލްމުގެ ނުނިމިހުރި މަންޒަރުތައް ނެގުމަށެވެ. ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) މުނިއަވަސް އަށް ބުނީ މަތިންދާ ބޯޓުތެރޭގައި ނެގި މަންޒަރުތަކުގައި ފަސިންޖަރުންގެ ގޮތުގައި ތިބޭނެ މީހުންވެސް މާލެއިން ގެންދިޔަ ކަމަށެވެ.
ޑާކްރެއިން އިން ބުނީ މިއީ ފިލްމު ”ނޮވެމްބަރު”ގެ އެންމެ ފަހު ޝޫޓިންއަށްވެސް ވެދާނެކަމަށާ ޝެޑިއުލްގެ ގޮތުން މިއަދު ޖެއްސީ އެންމެ ޓަފް ޝޫޓިން ކަމަށެވެ.
މަންޓާ އެއަރ އިން ދިން މެހެމާންދާރީ އާއި ބަރާބަރަށް ވަގުތަށް ކަންތައްތައް ދިޔަކަމަށްވެސް ޑާކްރެއިން އިން ކޮށްފައިވާ އެހެން ޓްވީޓެއްގައި ބުނެފައިވެއެވެ. މޮގާ ބުނީ މިފަދަ ފުރުޞަތެއް މަންޓާ އެއަރއިން ފަހިކޮށްދެއްވިކަމަށްޓަކައި އެ އެއަރލައިން ޢަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާކަމަށެވެ.
”ނޮވެމްބަރު”ގެ ލީޑުން ފެނިގެންދާނީ ޑާކްރެއިންގެ އެންމެ މަޤްބޫލު ޖޯޑު ޖުމައްޔިލް ނިމާލު އާއި މަރިޔަމް މަޖުދާ އެވެ. ފިލްމުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި އާއިޝަތު ޔާދާ އާއި އިސްމާޢީލް ވަޖީހް ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގެ މަޝްހޫރު ބައެއް ސެލެބްރިޓީންވެސް މި ފިލްމުގެ ބައެއް މަންޒަރުތަކުގައި އަންނަނީ ހިމަނަމުންނެވެ.
މި ފިލްމުގެ މުހިންމު މަންޒަރުތައް، ލ. އަތޮޅުގެ ގުޅާލާފައިވާ ތިންރަށުގައާއި އައްޑޫ ސިޓީ، ކ. ތުލުސްދޫ، ވެލާނާ އެއަރޕޯޓް، ސިންގަޕޫރު އަދި މަންޓާ އެއަރގައި ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ.
ފިލްމު ”ނޮވެމްބަރ”ގެ ސްކްރީންޕްލޭ ލިޔުނީ އަޙްމަދު ޠަލާލް އާއި އާއިޝަތު ފުއާދު އެވެ. ޑައިރެކްޓްކުރަނީ ޢަލީ ޗިފާޢު (ޗިއްޕެ)އެވެ. ކޯ-ދާއިރެކްޓަރެއްގެ ގޮތުގައި އާއިޝަތު ފުއާދު ހަރަކާތްތެރިވެއެވެ. ކެމެރާ ކުރަނީ ޗިއްޕެ އާއި ޝިނާންއެވެ. ފިލްމުގެ ޝޫޓިން ފެށީ 2019 ވަނަ އަހަރު ނޮވެމްބަރު މަހު 21 ވަނަ ދުވަހުއެވެ.
ފިލްމު ”ނޮވެމްބަރ”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 19 ސެޕްޓެމްބަރ 2024ޚަބަރު“އުދަބާނި” މިރޭ އޮލިމްޕަހަށް
- 17 ސެޕްޓެމްބަރ 2024ޚަބަރު“ބިބީ” ގެ ޓިކެޓް ވިއްކަން ފަށައިފި
- 16 ސެޕްޓެމްބަރ 2024ރިޕޯޓްބުލީގެ ޝިކާރައެއް! އެހަނަސް، މިއީ ފިސާރި ހުނަރުވެރިއެއް!
- 13 ސެޕްޓެމްބަރ 2024ޚަބަރުއައިފިލްމްސް އަދި ކަޒްމިކްގެ “ދޭދަރު ރުއިން” ފިލްމުގެ ޓީޒާ ދައްކާލައިފި
މުނިއަވަސްގެ ފައުންޑާ އަދި ޗީފް އެޑިޓަރ ލިޔުއްވާ ލިޔުން ތަކުގަ ވަރަށް ކުށް ގިނައެވެ. އެޑިޓަރ ލިޔުއްވާތީ ޑަބަލް ޗެކް ނުކޮށް ޕޯސްޓް ކޮށްލައްވަނީ ދެއްތޯއެވެ. އެޑިޓަރަކަސް، އިންސާނަކަށް ވީތީ ކުށް ޖެހޭނެއެވެ. ވީމާ ލިޔުއްވާ ތަކެތި ދެވަނަ ފަހަރަށް ބައްލަވާލެއްވުމަށް ފަހު ޕޯސްޓް ކޮށްލާށެވެ.