މުނިއަވަސް ގެ ކިޔުންތެރިން ގެ ހިތް އަތުލާފައިވާ އުއްމީދީ ވާހަކަލިޔުންތެރިޔާ ޒާނާ މުޅިން އަލަށް ފަށާ ވާހަކަ “ލޯބި ވެވުނީ އެވެ.” ނޮވެމްބަރު 01 ވާ ބުދަ ދުވަހު ޝާއިޢު ކުރަން ފަށާނެ އެވެ.
ލޯބީގެ ތިނެސްކަން ހާދިސާ ތަކެއް ގެނެސްދޭ މި ވާހަކަ އަކީ ބިރުވެރި ރޫހާނީ ކަންތައް ތަކެއްވެސް ހިނގާނެ ވާހަކަ އެކެވެ.
މި ވާހަކައިގައި އަންހެން ކުދިންގެ ހިތް ދަމައިގަންނަ ފަދަ ރީތި ކަމެއް ލިބިފައިވާ ޔުނާން ގެ އިތުރުން، އިޝާ އަދި ކަމީލާ ހަރަކާތްތެެރި ވާނެ އެވެ.
މި ވާހަކަ އަކީ ޒާނާ ލިޔާ ވަރަށް ތަފާތު ވާހަކަ އެކެވެ. ލޯބީގެ ބިރުވެރި ވާހަކަ އެކެވެ. އާއްމުކޮށް ދިވެހިންގެ ތެރޭގައި ފެންނަ މިފަދަ ވާހަކަތަކާއި މި ވާހަކަ ވަރަށް ބޮޑަށް ތަފާތު ވާނެކަން ފުރަތަމަ އެޕިސޯޑުންވެސް އެނގިގެން ދާނެ އެވެ.
‘ޙަޤީޤީ ލޯބީގެ މާނައަކީ ކާމިޔާބު ވުމެއް ނޫނެވެ. ބައެއް ފަހަރު ނާކަމިޔާބު ވުން ވެސް އެކަށީގެން ވެއެވެ. ޔުނާން އަށް އެ ޙަޤީޤަތް ވިސްނައިދިނީ ކަމީލާ އެވެ. ކޮން ފަދަ މަތިވެރި ލޯތްބެއް ހެއްޔެވެ! ނަމަވެސް…. ފަރުދާގެ ފުރަގަހުގައި ހިނގަމުން ދިޔަ އެއްވެސް ކަމެއް އެ ދެމީހުންނަކަށް ނޭނގެއެވެ. އެނގުނު ނަމަ އެވެ.’ މިއީ މި ވާހަކައިގެ ކުރުކުރު ޚުލާޞާ އެކެވެ.
މި ވާހަކަ ގެނެސްދިނުމަށް މުނިއަވަސް އިން މިހާރުވެސް ވަނީ ތަފާތު މަސައްކަތް ތަކެއް ކޮށްފަ އެވެ. އެގޮތުން ވާހަކައިގެ ކަވަރ ފޮޓޯ އަށް ވަނީ ފިލްމީ ތަރިއަކާއި އެކު ޒާނާ ގެ ފޮޓޯ ޝޫޓެއް ކުރިއަށް ގެންގޮސްފަ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!