ގައުމީ ފިލްމު އެވޯޑްސްގެ ނަން ‘ދިވެހި ފިލްމު އެވޯޑްސް’ އަށް ބަދަލުކޮށް އަންނަ ޑިސެމްބަރު މަހުގެ ފަހުކޮޅު ބާއްވަން ނިންމައި އެވޯޑަށް ފިލްމުތައް ހުށަހެޅުމުގެ ފުރުސަތު ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ހުޅުވާލައިފި އެވެ.
އަށްވަނަ ގައުމީ ފިލްމު އެވޯޑްސް އާއި ބެހޭގޮތުން ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް އިން އާންމުކޮށްފައިވާ ބަޔާނުގައިވާ ބުނެފައިވަނީ މިފަދަ އެވޯޑެއް ދިނުމުގެ މައިގަނޑު މަގްސަދަކީ ދިވެހި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްގީ ކޮށް ދެމެހެއްޓުމެވެ.
ޑިސެމްބަރު މަހު ބޭއްވުމަށް ނިންމާފައިވާ އަށްވަނަ ދިވެހި ފިލްމު އެވޯޑްސްގައި ފިލްމުތައް ބައިވެރި ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް ހުޅުވަލާފައިވާކަމަށް އެންސީއޭ އިން ބުނެއެވެ. ފިލްމް އެވޯޑްސް ޑިސެމްބަރަށް ތާވަލްކޮށްފައިވާއިރު އެވޯޑް ބާއްވާނެ ސީދާ ތާރީހެއް އަދި އާންމެއް ނުކުރެއެވެ.
މިއަހަރުގެ ފިލްމް އެވޯޑްސްގައި ވާދަކުރާނީ 2014 އިން ފެށިގެން 2016 އާއި ހަމައަށް ރިލީޒްކޮށްފައިވާ ފިލްމު ތަކެވެ.
ވޭތުވެދިޔަ ދެ އަަހަރުވެސް ގައުމީ ފިލްމު އެވޯޑް ދީފައިވެ އެވެ. އެގޮތުން 2015 ވަނަ އަހަރު އެވޯޑް ހަފްލާފައި އެވޯޑް ދީފައިވަނީ 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާއި ހަމައަށް ނެރެފައިވާ ފިލްމުތަކަށް ހާއްސަކުރެވިގެންނެވެ. އަދި 2016 ވަނަ އަހަރު އެވޯޑްދީފައި ވަނީ 2011 ވަނަ އަހަރުން 2013 ވަަނަ އަހަރުގެ ނިއަލަށް ނެރުނު ފިލްމުތަކަށެވެ.
މިދިޔަ އަހަރުގެ ފިލްމް އެވޯޑްސްގައި އެންމެ ކާމިޔާބު ފިލްމަކަށް ހޮވުނީ ލޫދިފާއެވެ. ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ލިބުނީ އަމްޖަދު އިބްރާހިމް (އަމްޖޭ) އަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!