މި އަހަރު އުފެދިގެން އައި ރެކޯޑް ލޭބަލް ‘ޑީބީ ރެކޯޑްސް’ އިން މި ދިޔަ ޖެނުއަރީ މަހު ނެރުމަށް ތައްޔާރުކުރަމުން އައި ލަވަ ނެރުން ފެބްރުއަރީ 14 އަށް ފަސްކޮށްފިއެވެ.
‘ޑީބީ ރެކޯޑްސް’ގެ ސީއީއޯ އަޙްމަދު ފަތީން މިއަދު މުނިއަވަސް އަށް ބުނީ އެ ލޭބަލްގެ ފުރަތަ ލަވައަކީ އެހުންތެރިން ހިތްހަމަޖެހޭ މިއުޒިކެއް އެކުލެވިގެންވާ އަދި އެހުންތެރިންގެ ސިކުނޑީގައި އެ ލަވަ ހަރުލާފައި ހުންނަ ފަދަ ރީތި ލަވައަކަށް ހެދުމަށް ބޭނުންވާތީ ކަމަށެވެ.
“ޑިލޭކުރަން ޖެހުނު އަނެއް ސަބަބަކީ ޑީބީގެ ކޮމްޕޯސަރުން ތެރެއިން އެއް ކޮމްޕޯސަރ އަމިއްލަ ކަމެއްގައި ބިޒީވުމާއި ސްރީ ލަންކާގަ ހުންނަ ޑީބީ ރެކޯޑްސްގެ ކޮމްޕޯސަރ ރާއްޖެ އައުން ލަސްވުމުން.” ލަވަ ނެރުން ލަސްވާ ސަބަބު ބުނެދެމުން ފަތީން ހާމަކުރިއެވެ.
ލަވަ ނެރުން ލަސްވާކަމަށްޓަކައި ޑީބީ ރެކޯޑްސް އިން މައާފަށް އެދެމުން ބުނީ ލަސްވާ ލަސްވުމުގެ ބަދަލުގައި ފެބްރުއަރީ 14 ގައި އެ ލަވައާއެކު ސަޕްރައިޒް ބޯނަސް 03 ޓްރެކެއް އިންނާނެ ކަމަށެވެ.
“މި ބޯނަސް ޓްރެކަކީ ވެލަންޓައިންސް ޑޭ އާ ގުޅިގެން ލޯބިވެރިންނަށް ޚާއްޞަކޮށް ގެނެސްދޭ ޓްރެކެއް. މި ޓްރެކްގައި ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގެ ނަން މަޝްހޫރު ހުނަރުވެރި 03 އާޓިސްޓުން މަސައްކަތްކޮށްފައި ވާނެ.” ޑީބީ ރެކޯޑްސް އިން އިތުރަށް ހާމަކުރިއެވެ.
‘ޑީބީރެކޯޑްސް‘ އިން އެ ލޭބަލްގެ ފުރަތަމަ ސިންގަލް ނެރެން ނިންމީ މިދިޔަ ޖެނުއަރީ މަހުއެވެ. އެ ލަވަ ކިޔާފައިވަނީ އިސްމާޢީލް ޝިޔާރު (އިއްސޭ) އެވެ. އިއްސެ ވަނީ މީގެ ކުރިން ”ކާކު؟“ ފިލްމަށް ’ބުނެބަލާށޭކަލާ’ގެ ނަމުގައި ހިތްގައިމު ލަވައެއް ކިޔައިދީފައެވެ.
’ޑީބީ ރެކޯޑްސް’ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!