ބޮލީވުޑްގެ ކުޅަދާނަ އެކްޓަރ ސުނިލް ޝެޓީ ރާއްޖެއައިސްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސުނިލް ޝެޓީ ރާއްޖެއައިސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ރާއްޖޭގެ ފިޓްނަސް އެމްބެސެޑަރަކަށް ވެސް އައްޔަންކޮށްފައިވާ ސުނިލް ޝެޓީ ރާއްޖެ އައީ ބޮލީވުޑްގެ ތަރިއެއްގެ ޕާޓީއަކަށް ކަމަށާއި މިޕާޓީއަށް އިތުރު ތަރިންވެސް ރާއްޖެއައުމަށް ވަނީ ހަމަޖެހިފަކަމަށް މައުލޫމާތު ލިބެއެވެ. އަދި މިވަގުތު އޭނާ ހުރީ ހާޑް ރޮކް މޯލްޑިވްސް ރިޒޯޓްގައި ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ދުޅަހެޔޮ ހަށިހެޔޮ ސިޔާސަތުގެ ދަށުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ފަރާތުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ‘މިޝަން ފިޓް މޯލްޑިވްސް’ ގައި ‘އެމްބަސަޑަރ އޮފް ވެލްނެސް’ ގެ މަގާމަށް ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ފިޓްނެސް ގުރޫ ސުނިލް ޝެޓީ ހަމަޖެއްސީ 2019ވަނަ އަހަރު އޮކްޓޫބަރު މަހުއެވެ.
ބަތޮލާ އަތިޔާ ޝެޓީގެ ބައްޕަ އެކްޓަރ ސުނިލް ޝެޓީވަނީ ކާމިޔާބު ފިލްމްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ. މިގޮތުން ފިލްމް “ދަޅްކަން” އަކީ ފާހަގަކޮށްލެވޭ ފިލްމެކެވެ.
ސުނިލް ޝެޓީއާއި އޭނާގެ އާއިލާވެސް ދޭތެރެ ދޭތެރެއިން ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އަންނަކަން ފާހަގަކުރެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 4 މާރޗް 2021ޚަބަރުލަވަކިޔުންތެރިޔާ ޝްރެޔާ ބަނޑުބޮޑު!
- 28 ޖެނުއަރީ 2021ޚަބަރުއިންޑިއަން އައިޑަލް އަބީޖީތު ރާއްޖޭގައި
- 10 ޑިސެމްބަރ 2020ޚަބަރުދެކުނު އިންޑިޔާ ސިނަމާއިން އެންމެ “ހޭންޑްސަމް” ފަސް ތަރިން
- 9 ޑިސެމްބަރ 2020ރިޕޯޓްލޯބިވާ ބައްޕާއެވެ. ޝުކުރިއްޔާއެވެ.