ދިވެހިރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމުގެ ކަމަށްވާ، އިޓަލީގެ މިލާންގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފަށައިފިއެވެ.
އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކެމްޕޭނުގައި، މިލާންގައި ދަތުރުކުރާ 80 ޓެކްސީ ގައި ރާއްޖެ އިޝްތިހާރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު ކަނޑުއަޑީގައި މަންޒަރުތައް ޓެކްސީތަކުގައި ވަނީ ޖަހަން ފަށާފައެވެ. މީގެއިތުރުން މި ހިނގާ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް މިލާންގައި އޮންނަ ބީއައިޓީ ފެއާގައި ރާއްޖޭގެ ސްޓޭންޑާ ބެހޭ މައުލޫމާތުތައް ވެސް މި ޓެކްސީތަކުގެ ބޭރުގައި ވަނީ ޖަހާފައެވެ.
އިޓަލީ މާކެޓުގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށް މި އަހަރުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އެމްއެމްޕީއާރްސީ އިން ވަނީ ރާވާފަ އެވެ. އެގޮތުން ދެ ފެއާއެއްގައި ބައިވެރިވުމުގެ އިތުރުން ސެލެބްރިޓީ ފެމިލިއަރައިޒޭޝަން ޓްރިޕްތަކާއި، ބޮޑެތި ޓްރެވެލް އެޖެންސީތަކާއި ގުޅިގެން އޮންލައިން ކެމްޕެއިން އަދި އައުޓްޑޯ އެޑްވަޓައިޒިން ކެމްޕެއިންތައް ކުރިއަށް ގެންދިއުން ހިމެނެ އެވެ.
މިދިޔަ މަހު އެމްއެމްޕީއާރްސީ އިން ރާއްޖެ އިޝްތިހާރުކުރުމަށް މުޅި އިޓަލީ އަށް އަމާޒުކޮށްގެން ފެށި އައުޓްޑޯ ކެމްޕެއިންގެ ދަށުން އިޓަލީގެ އެންމެ ބޮޑު 10 އެއާޕޯޓުގައި ބެހެއްޓިފައިވާ 350 ސްކްރީނެއްގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ވަނީ ދައްކާލާފައެވެ. އަދި އިޓަލީން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޓްރެވަލް އެޖެންސީ އަލްޕިޓުއާގެ އޮފީސްތަކުގެ ބޭރުގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތަކުގެ އިޝްތިހާރު ވަނީ ޖަހާފަ އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރު އިޓަލީން 343613 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވެއެވެ. އަދި އެ ގައުމަކީ ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކުރި ގައުމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި