މިހާރު ލ. އަތޮޅު ގަމުގައި ޝޫޓްކުރަމުން އަންނަ ފިލްމު “ނީނާ“ގެ ޝޫޓިންގެ ހަމަ އެންމެ މަންޒަރަކުންވެސް ލޮކޭޝަންގައި ތިބި މީހުންގެ ލޮލުން ކަރުނަ ހިލުވައިލައިފިއެވެ. އެ މަންޒަރުގައި ފިލްމުގެ ލީޑް ނުޒުޙަތު ޝުޢައިބް (ފިލްމުގައި، ނީނާ) ދެއްކީ އާދަޔާޚިލާފު މޮޅު އެކްޓިންއެއްކަން ފާހަގަކޮށްލެވެއެވެ.
ލ. ގަމުގައި ކުރިއަށްދިޔަ ޝޫޓިން ބަލައިލުމަށް މުނިއަވަސް އަށް ރޭ ލިބުނު ފުރުޞަތުގައި ފެނިގެންދިޔަ މަންޒަރުން، ނުޒޫ އާއި ޖުމައްޔިލް އަދި ނުޒޫގެ މަންމަގެ ރޯލު ކުޅޭ މަޝްހޫރު ފަންނާނުގެ ވަރަށް މޮޅު އެކްޓިންއެއް ފެނިގެންދިޔައެވެ.
“ނީނާ“ގެ އެ މަންޒަރު ކުޅުނު ތަނާއި މަންޒަރު އެއްކޮށް ސިފަކޮށްދެވެން މިވަގުތު ނެތަސް، ފާހަގަކޮށްލެވުނު ކަމަކީ އެ މަންޒަރުގައި ތިން އެކްޓަރުން ވެސް ދައްކާފައިވާ އެކްޓިންގެ މޮޅުކަމެވެ. ދިގު މަންޒަރެއް، އެއްވެސް ވަރަކަށް ޑައިލޮގުތައް އަނގައިން އަނގަޔަށް ލައިދިނުމެއް ނެތި ހުށައެޅީ ލޮލުން އޮހޮރަމުންދިޔަ ކަރުނަޔާ، ރުއިމާއި، މޫނުމައްޗަށް އެ ގެނައިން މޮޅު އެކްސްޕްރެޝަންތަކާއި އެކުގައެވެ.
ފިލްމު “ނީނާ” އަކީ ‘އައި ފިލްމްސް’ އިން އުފައްދާ ދެވަނަ ފީޗާ ފިލްމެވެ. “ނީނާ” ލިޔެ ޑައިރެކްޓްކުރަނީ މިދިޔަ އަހަރު ނުކުތް އެންމެ މޮޅު އެއް ފިލްމުކަމަށްވާ “ބަވަތި” ވެސް ލިޔެ ޑައިރެކްޓްކުރި އިލްޔާސް ވަހީދު (އިއްލެ) އެވެ.
ފިލްމުގެ ލީޑް ކުޅެނީ މިވަގުތު ރާއްޖޭގައި ތިބި އެންމެ ހުނަރުވެރި އަންހެން ތަރިންގެ ތެރޭގައި ހިމެނޭ ނުޒުޙަތު ޝުޢައިބް (ނުޒޫ)، މަޝްހޫރު އެކްޓަރ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި އަލަށް ތަޢާރަފުވާ ޝަރަފް ޢަބްދުﷲ (ޝަރަފް)އެވެ. މީގެ އިތުރުންވެސް ފާހަގަކޮށްލެވޭ ގިނަ ތަރިންތަކެއް މި ފިލްމުން ފެނިގެންދާނެއެވެ.
ފިލްމު “ނީނާ“ގެ ވެސް ޕްރޮޑިއުސަރުންނަކީ “ބަވަތި” ޕްރޮޑިއުސްކުރި އާސިމް އަލީ އާއި އަހުމަދު ވަހީދެވެ.
ފިލްމު “ނީނާ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!