ޑީޖޭ ކައްޗޭގެ “ހުވަފެން” ފެބްރުއަރީ 14ގައި ލަވަފޮށި މެދުވެރިކޮށް ނެރެން ތައްޔާރުވެއްޖެއެވެ. މިއީ ‘ޔުނިކޯ ބީޓްސް ސްޓޫޑިއޯ‘ އާއި ގުޅިގެން ތައްޔާރުކޮށްފައިވާ ލަވައެކެވެ.
“ހުވަފެން” ލަވައަކީ މުސްކުޅި ސްޓައިލްގެ މިއުޒިކް އަދި އާރް އެންޑް ބީ ހިޕްހޮޕް ސްޓައިލަށް ހަދާފައިވާ ލަވައެކެވެ. ލަވައިގައި ހިމަނާފައިވަނީ ދިވެހި ލަވައެއް ކަމަށްވާ “ގެނުވި މަންޒަރުގެ ފުރިހަމަކަމުން” (ހިންދީ ލަވަ، ޒިންދަގީ ޕިޔާރް ކާ ގީތު ހޭ) އެވެ.
“ހުވަފެން” ލަވައިގެ މިއުޒިކް ހަދާފައިވަނީ ޑީޖޭ ކައްޗޭ އެވެ. ލަވަ ކިޔާފައިވަނީ ނަޝާތު އެވެ. ރެޕްކޮށްފައިވަނީ ޔުނިކޯ ބީޓްސްގެ ޙުސައިން ޖިނާން ޝަރީފް (ޖީނީ) އެވެ.
ލަވަ ޕްރޮޑިއުސްކޮށް މިކްސިން ހެދީވެސް ޑީޖޭ ކައްޗޭ އެވެ.
ފެބްރުއަރީ 14 ގައި ދޫކޮށްލާ މި ހުވަފެން ދުށުމުގެ ބަދަލުގައި އަޑުއަހައިލަން ތައްޔާރުވާށެވެ. ލަވައިގެ ޓްރެއިލަރ އެއް މި ދޫކޮށްލަނީ “ހުވަފެން” ލަވައަށް ތައްޔާރުވެލުމަށެވެ.
ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!
ލަވަ ވަރަށް އޮބި
ތިޔޮށް މުނިއަވަސް އެއްދީ. ރާއްޖޭގެ ފިލްމަކަސް، ލަވަޔަކަސް، ބޭންޑަކަސް އޭގެ މީޑިއާ ޕާޓްނަރ އޯ . ލޮލް
ދޮންކަލޯ އެވެރިންނަށް ޕާޓް ދޭތީ ތަމެން ޖޭ ވަނީ އުތަ؟
ކަލޯ މުނިއަވަސްގެ މަޤްޞަދަކީ އެއީ އޭ…
ޖިންނި އެކޭ ރެޕްކުރީ؟ ހެޔޮ ނުވާނެ ތި ލަވަ އަޑުއަހާކަށް
ތި އަޑު އަހާފަ ކިޔާ އެއްޗިސްއެއްނު 🤣