♫❤ ޖާދޫގައި ޖެހިއްޖޭ، ފެނިފާ ކަލާ
ޖަޒުބާތުގައި ހިތް ބެހެނީ އޮޔާ
ޖާދޫގައި ޖެހިއްޖޭ ❤♫ ވިސްނާލާށެވެ. މިއީ ކޮން ދުވަސްވަރެއްގެ ލަވައެއް ކަމެވެ. އެ ލަވައިން ފެނިގެންދަނީ ކޮންފަދަ ހިތްގައިމު، ތުނިތުނި، ދޮންދޮން މޫނެއްކަން ވިސްނައިގަންނަން ދައްޗެއް ނުވާނެއެވެ. ހަމަ ގައިމުވެސް އެ ހިތްގައިމު ހިނިތުންވުން ހަނދާންވާނެއެވެ. ފަޒީލާ އާމިރުގެ ޖާދުވީ އަޑުން ކިޔާފައިވާ “ޖާދޫގައި ޖެހިއްޖޭ” ލަވައިގެ ޖާދޫގައި ޖެއްސި މޫނަކީ ކާކުކަން އަދިވެސް އެއް ފަހަރު ވިސްނާލާށެވެ.
♫🤔 ވެއްޖޭ ހިތް މަގޭ ފަނާ ވިސްނާ ވިސްނާ
ނެތްހޭ މިންޖެއް މިތާ ވިޔަކަސް ހިތް ފަނާ
ވިސްނާ ވިސްނާ 🤔♫ ފަނާ ވަންދެން ވިސްނާ ވިސްނާ “ހަނާ“ވާން އުޅޭނެކަމެއް ނެތެވެ. މިވަރަށް ބުނެދިނުމުން، ޖާދޫގައި ޖެއްސީ ނޫރާ ކަން ހަނދާން ވެއްޖެދޯއެވެ. ދިވެހި ފިލްމާއި ޑްރާމާއަށް ލޯބިކުރާ ފަރާތްތަކަށް މިފަހަރު ނޫރާ “ޖާދޫގައި ޖައްސަނީ” ހަނާގެ ކެރެކްޓަރއިންނެވެ.
މިމަހު 27ގައި ބައިސްކޯފުން ރިލީޒްކުރުމަށް ނިންމާފައިވާ ވެބް ސީރީޒް “ހަނާ“ގައި ހަނާގެ ރޯލުން ފެނިގެންދާނެ އާމިނަތު ނޫރާ އާ ބައްދަލުކޮށްލަމާ ހިނގާށެވެ.
ނޫރާ އާ މުނިއަވަސް އިން މިހެން ބައްދަލުވާ ފުރަތަމަ ފަހަރަށް ވުމުން، ކިޔުންތެރިންނާ ހިއްސާކޮށްލަދީފާނަންތަ މި ދާއިރާއާއި ގުޅުނީ ކޮން ދުވަސްވަރެއްގައި އަދި ކިހިނެއްކަން؟
ނޫރާ މި ދާއިރާއާ ފުރަތަމަ ގުޅުނީ 2001 ނުވަތަ 2002ގަ ކަމަށް ހަނދާންވަނީ. ފުރަތަމަ މި ދާއިރާއަށް ނުކުތީ ޓެޑްރީ (މުޙައްމަދު ނިޔާޒް) ގެ ދެ ލަވައިން. ފުރަތަމަ ލަވައަކީ “ޖާދޫގާ ޖެހިއްޖޭ” ދެން ދެވަނަ ލަވައަކީ މެޒޯ މޯޑްގެ “ވިސްނާ ވިސްނާ”. ދެން އޭގެ ފަހުން ފައިވް ޔާރޒްގެ ބްރޭކެއް އައިސްފަ އަނެއްކާވެސް މި ދާއިރާއާ ގުޅުނީ.
މިއީ ސީރީޒް އަދި ފިލްމުތަކަށް ބަލާއިރުގަ، ނޫރާ ލީޑް ކުޅޭ ފުރަތަމަ ޕްރޮޑަކްޝަންތަ؟
ފުރަތަމަ، ލީޑްކުޅޭ އެތި “ހަނާ” އަކީ
ކިހިނެއް “ހަނާ” ކުޅެން ފުރުޞަތު ލިބުނީ؟
“ހަނާ“ގެ ފުރުޞަތު ލިބުނު ގޮތަކީ އެއް ދުވަހު އަމްޖޭ ގުޅާފަ ބުނީ އެބަ އިނޭ ޑްރާމާއެއް ކުޅެން ޖެހިފަ، ދެން ކުޅެވޭނެހޭ. ނޫރާ ބުނީ ސްޓޯރީއަށް ބަލާލާފައޭ އެނގޭނީ. ދެން އޭގެ ގާތްގަނޑަކަށް ވީކެއް، ޓޫ ވީކްސްވަރު ފަހުން އަނެއްކާ ގުޅާފަ ބުނެފި މީޓިންއެއް އިން ވާހަކަ، އައިސްދެވިދާނެ ހޭ. ދެން ދިޔައިމަ ސްޓޯރީ ބަލާލާފަ އޭތި ކުޑަކޮށް ކިޔާލާފަ، ދެން އަމްޖޭއާ ކުޑަފޫޅާ (ޙުސައިން މުނައްވަރު) ދެމީހުން ސްޓޯރީ ކިޔާލަދިން. ސްޓޯރީއަށް ބަލާފަ ވަރަށް ހިތްހަމަޖެހުނު. ވަރަށް ކުޅޭ ހިތްވި. އެހެންވީމަ ސްޓޯރީ ރީތިކަމުން ޔެސް އޭ ބުނީ.
“ހަނާ”ގަ ނޫރާ ކުޅެފައި ވަނީ ހަނާގެ ރޯލް ދޯ ހަމަ. އެހެންވީމަ “ހަނާ”ގަ ކުޅެފާވާ ރޯލާ ދޭތެރޭގަ ހާމަކޮށްލެވެން ހުރި މަޢުލޫމާމެއް ކިޔައިލަދީބަލަ؟
ނޫރާ، “ހަނާ“ގަ ކުޅެފަ އިންނަނީ ވަރަށް މަޑުމައިތިރި، ވަރަށް ރަނގަޅު ކުއްޖެއްގެ ބައި. ދެން ބެލުންތެރިންނަށް އަސްލު ނޫރާ ބޭނުންވަނީ ދޫކޮށްލަން މީތި ބަލައިލަން. ވަރަށް ހިތްހަމަޖެހޭ ރޯލެއް ނޫރާއަށް ލިބިފަ އިނީ “ހަނާ” ޑްރާމާގަ.
“ހަނާ” ޑްރާމާގަ ވާހަކަލިޔުންތެރިޔާ އަދި ޑައިރެކްޓަރ ބޭނުންވާ ފެންވަރަށް “ހަނާ”ގެ ކެރެކްޓަރ ނޫރާއަށް ދެއްކުނުތަ؟ “ހަނާ”ގެ ރޯލް ހިތްހަމަޖެހޭ ފެންވަރަށް ކުޅެވުނުތަ؟
“ހަނާ“ގެ ރޯލް ވަރަށް ހިތްހަމަޖެހޭ ފެންވަރަށް ނޫރާއަށް ކުޅެވިފަ ހުރީ. ހަމަ ހިތްހަމަޖެހޭ ވަރަށް ނޫރާ އަށް އެ ކެރެކްޓަރ (ހަނާގެ ކެރެކްޓަރ) ދެއްކުނު.
“ހަނާ”ގެ ވާހަކައާމެދު ބުނާނީ ކީކޭ؟
“ހަނާ“ގެ ވާހަކައާމެދު ނޫރާ ބުނެލާނީ ހަމަ ވަރަށް ރީތި، ވަރަށް ހިތްގައިމު، ވަރަށް އިމޯޝަނަލް ރީތި ވާހަކައެކޭ ހަނާގެ ވާހަކައަކީ. ހަމަ ވަރަށް ޕާރފެކްޓް ވާހަކައެއް. ނޫރާ އުފާކުރަން މި ޑްރާމާގެ ލީޑްކުޅެން ނޫރާއަށް ލިބުނީތީ.
އަމްޖޭގެ ޑައިރެކްޝަން ކިހިނެއް؟
“ހަނާ” އަކީ ނޫރާގެ ފުރަތަމަ މަސައްކަތެއް ނޫން އަމްޖޭއާ އެކީ. “ގިލަން” އަކީ ފުރަތަމަ މަސައްކަތް. އަމްޖޭއާ ދޭތެރޭ ނޫރާ ބުނެލަން އޮތީ އަމްޖޭއާ އެކީ ވޯރކްކުރަން ވަރަށް ފަސޭހައޭ ވަރަށް ހިތްހަމަ ޖެހޭ. އަމްޖޭ އަކީ ވަރަށް ރަނގަޅު މީހެކޭ. އަމްޖޭއާ އެކީ ވޯރކްކުރަން ވަރަށް ފަސޭހައޭ ވަރަށް ރަނގަޅޭ.
“ހަނާ” ބަލަންވީ ކީއްވެގެންކަމަށް ނޫރާ ދެކެނީ؟
ބެލުންތެރިން ކައިރީގަ “ހަނާ” ބަލަންވީ ކީއްވެގެންކަން ނޫރާ ބުނެލާނީ، ހަނާގެ މި ސްޓޯރީއަކީ ވަރަށް ރީތި، އިމޯޝަނަލް ރީތި ސްޓޯރީއަކަށް ވާތީ އާ މިހާރުގެ ކުދިންނާ ވަރަށް ގުޅޭ، ވަރަށް ރީތި ވާހަކައަކަށް ވީމަ “ހަނާ” ބަލަން ވަރަށް ރަނގަޅޭ، “ހަނާ” އަކީ ރީތި ޑްރާމާއަކަށް ވާނޭ.
ނިންމާލަމުން ފާހަގަކޮށްލަން ބޭނުންވާ އިތުރު ކަމަކީ ކޮބާ؟
ނޫރާ މި ފުރުޞަތުގަ ވަރަށް ބޮޑަށް ބޭނުންވޭ އަމްޖޭއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން، އަމްޖޭ ނޫރާއަށް މި ފުރުޞަތު ދިނީތީވެ ހަނާގެ ލީޑް ރޯލް ކުޅެން. އެހެންވީމަ ނޫރާ ވަރަށް އުފާވި އަމްޖޭ، ނޫރާއަށް މި ފުރުޞަތު ދިނީތީވެ. ދެން ގޮޅާ އައްޔަ އަށާ ކުޑަފޫޅަށާ. އެ ތިން މީހުންގެ އެހީތެރިކަން ނޫރާއަށް ވަރަށް ބޮޑަށް ލިބުނު މި ޑްރާމާގަ.
މި ޑްރާމާއާ ޑްރާމާގެ މަސައްކަތާމެދު އޯވަރޯލްކޮށް ނޫރާ ބުނެލާނީ ކީކޭ؟
އޯވަރޯލްކޮށް ނޫރާ ބުނެލަން އޮތީ މި “ހަނާ” ޓީމަކީ ވަރަށް ޓީމް ވޯރކް ރަނގަޅު ބައެކޭ. އެމީހުންގެ ފަރާތުން، މި އެންމެންގެ ފަރާތުންވެސް. ވަރަށް ޚާއްޞަކޮށް އަމްޖޭ، ގޮޅާ އައްޔަ، ދޮން އައްޔަ (އަލީ އާޒިމް)، ކުޑަފޫޅު، މިމީހުންގެ ފަރާތުން ނޫރާއަށް ވަރަށް ހެލްޕް ލިބުނު. ދެން ބައެއް ސީންތަކުގަވެސް ނޫރާއަށް ގޯސްކޮށް ހަމަ ކަމެއް ދިޔަޔަސް، ހަމަ ރީއްޗަށް އައިސް ރުޅިނައިސް ކިޔައިދީ އަދި ރަނގަޅުކުރެވޭނޭ، އަދި ރަނގަޅުކުރެވޭނޭ ހަމަ ގޮޅާ އައްޔަވެސް ކުޑަފޫޅުވެސް ނަސޭހަތްދީގެން ވެސް އެތައް ފަހަރެއްގަވެސް އެބަހުރި ރިޕީޓްކޮށްވެސް ބައެއް ތަންތަން ޖައްސާފަ. އެގޮތަށް ވަރަށް ހިތްހަމަޖެހޭ އެމީހުންގެ ހެލްޕް އެހާ ލިބުނީތީ.
ފިލްމީ ދާއިރާގަ މިހާރު ކޮން މަސައްކަތްތަކެއް ކުރަމުންދަނީ؟
މިހާރު “ހަނާ“އަށް ފަހުގަ އަދި ނެތް އިތުރު މަސައްކަތެއް. ދެން ވަރަށް ފްރީކޮށް ހުރި ދުވަސްކޮޅެއް ވީމަ “ހަނާ“ގެ މަސައްކަތްތައްވެސް ކުރިއަށް ދިޔައީ. ދެން އަސްލު ނޫރާއަށް ވަރަށް މުހިންމު ވާނެ ނޫރާގެ ޖޮބް. އެއަށްފަހަށް، ޕާޓް ޓައިމަށް ވަގުތެއް ވެއްޖެއްޔާ ނޫރާ ފިލްމީ ދާއިރާއަށް ކުރިއަށް މި ދަނީ.
ޖުމްލަ 13 އެޕިސޯޑް ހިމެނޭ ވެބް ސީރީޒް “ހަނާ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
މުނިއަވަސްގެ މަސައްކަތާ ދޭތެރޭގަ ނޫރާ ދެކެނީ ކިހިނެއް؟
މުނިއަވަސް އާ ދޭތެރޭ ބުނެލަން އޮތީ މުނިއަވަސް އެއީ ނޫރާ ހަމައެކަނި އޮންލައިން ނިއުސްއަކަށް ފޮލޯކުރާ ނިއުސް. ދެން ވަރަށް ހިތްހަމަޖެހޭ މުނިއަވަސް އާ ދޭތެރޭގަ. އަދި ހިތްހަމަ ނުޖެހޭ ގޮތެއް ނެތް. ވަރަށް ހިތްހަމަޖެހޭ. ހަމަ އެކަނި ނޫރާ ފޮލޯކުރާ ބަޔަކީވެސް ތީ، މުނިއަވަސް.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 15 ނޮވެމްބަރ 2024ޚަބަރު“ބިބީ” ސްޕެއިން އަށް!
- 15 ނޮވެމްބަރ 2024ޚަބަރު“ދޭދަރު ރުއިން” 20 ނޮވެމްބަރުގައި އެޅުވުން ކެންސަލެއް ނުވޭ!
- 13 ނޮވެމްބަރ 2024ޚަބަރު“ދޭދަރު ރުއިން” ޕްރިމިއާއަށް ނަގާފައިވާ އޮލިމްޕަސް ހޯލު އެންސީއޭ އިން އަތުލައިފި
- 9 ނޮވެމްބަރ 2024ޚަބަރު“ދޭދަރު ރުއިން” ގެ ޓިކެޓް ވިއްކަން ފަށައިފި