މޯލްޑިވިއަން އައިޑޮލް ސީޒަން 2 އިން ފެނިގެން ދިޔަ ހަމޫދްގެ އަޑަކީ އަދިވެސް އެންމެ ހިތްގައިމު އެއް އަޑު ކަމަށް ގިނަ ބަޔަކު އެއްބަސްވާނެ ކަން ޔަގީނެވެ.

14 ފެބްރުއަރީ ގައި ހަމޫދް ރިލީޒް ކޮށްފައިވާ ސިންގަލް “އުމުރަށް” ވެގެން ގޮސްފައި މިވަނީ އިއްޔާ ރެކޯޑްސްގެ ގިނަ ލަވަ ތަކެއް ނެރެދިން އަދި މިހާރު ވަކި ލޭބަލް އެއްގެ ގޮތުގައި މަސައްކަތްކުރާ “ޑީބީ ރެކޯޑްސް”ގެ ފައުންޑަރ މުސްތާޤް މޫސާއަށް ހަމޫދް މިހާތަނަށް ކިޔާފައިވާ އެންމެ ހިތްގައިމު ލަވައަށް ވެގެން ގޮސްފައެވެ. މިގޮތުން އެލަވައިގެ ކަވަރ އެއް ރިލީޒް ކުރާނެ ކަމަށް މުސްތާޤް ވަނީ އޭނާގެ ޕަރސަނަލް އެފްބީ ޕޭޖްގައި ހާމަކޮށްފައެވެ.

އައިޑޮލް އަށްފަހު ހަމޫދްގެ އަޑު ފަނޑު ވެފައިވަނިކޮށް އަލުން ހަމޫދް އަށް ގިނަ ފުރުސަތު ތަކެއް މުސްތާޤް ވަނީ ހޯދައިދީފައެވެ. މިގޮތުން “އޭނީ ލޯބި” “ޝައްކު” “ރަންނަމާރި” އަދި “ނޮއިސް” ފަދަ ލަވަތައް ކިޔުމުގެ ފުރުސަތު ވަނީ ހޯދައިދީފައެވެ.

“އުމުރަށް” މި ސިންގަލް ކޮންޕޯސްކޮށްފައި ވަނީ މަޝްހޫރު ރެޕާ ޓްރޯއެވެ. އަދި މިލަވަ އިތުރަށް ފުރިހަމަކޮށްދީފައި ވަނީ ‘ކަފަ ލޮލީ’ އެވެ.

އިއްޔާ ރެކޯޑްސް އާއި ޑީބީ ރެކޯޑްސްގެ ބައެއް މެންބަރުން – ފޮޓޯ: ޑީބީ ރެކޯޑްސް

މިލަވައާ ބެހޭ ގޮތުން މުސްތާޤް ބުނެފައިވަނީ ހަމޫދު މިފަހަރު ކިޔާފައިވާ ލަވަ އަޑު އަހާލުމުން ހަމޫދްގެ ލަވަކިޔުން އިމްޕްރޫވްވެފައި ހުރިވަރު ފާހަގަ ކުރެވޭ ކަމަށާއި ހަމޫދް އަކީ އަދިވެސް ފޭވަރިޓް ފިރިހެން އަޑު ކަމަށެވެ. އަދި މި ލަވަ ކިޔާފައިވާ އަންހެން އާޓިސްޓްގެ ލަވަ ކިޔުމަށް ވަރަށް ތައުރީފްކޮށްފައިއެވެ.

މިހާރު ދެ ލޭބަލް އެއްގެ ގޮތުގައި މަސައްކަތް ކުރި ނަމަވެސް “ޑީބީ ރެކޯޑްސް”ގެ ސީއީއޯ އަހުމަދު ފަތީން ބުނީ އަހަރުމެން މިއީ އެއް ފެމިލީ އެއް ކަމަށާއި އެކަމަށް ބަދަލެއް ނާންނާނެ ކަމަށެވެ.

14 ފެބްރުއަރީގައި “ޑީބީ ރެކޯޑްސް” އިންވެސް ވަނީ އައު އާޓިސްޓެއް ތައާރަފުކޮށްފައެވެ. އޭގެ އިތުރުން އިންސްޓްރުމެންޓަލް ކަވަރ އެއްވެސް ރިލީޒްކޮށްފައެވެ.

ފޭސްބްކްގައި މުސްތާޤް ކޮށްފައިވާ ޕޯސްޓްގެ ސްކްރީން ޝޮޓެއް

މުނިއަވަސް އަކީ “އިއްޔާ ރެކޯޑްސް” އާއި “ޑީބީ ރެކޯޑްސް” ގެ ވެސް އޮފިޝިއަލް މީޑިއަރ ޕާޓްނަރަށް ވެފައި މުނިއަވަސް އާއިމެދު ލޭބަލްއާއި އޮންނަ ގާތް ގުޅުން ފާހަގަކޮށްލަމުން ދެ ލޭބަލްއަށް ވެސް ކާމިޔާބީ އެދެމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.