މަޑުލު މުހައްމަދު ވަހީދުގެ ސްކްރީންޕްލޭއަކަށް ދަރާ މުހައްމަދު ރަޝީދު ޑައިރެކްޓްކޮށްފައިވާ “24 ގަޑިއިރު” އާއި އިސްމާއީލް ޝަފީގު ޕްރޮޑިއުސްކޮށް ޔޫސުފް ޝަފީއު ޑައިރެކްޓް ކޮށްފައިވާ “ބައިވެރިޔާ” ވެސް އިވެހި ފިލްމު އެވޯޑް ގައި ބައިވެރި ކުރާނެ ކަމަށް ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤް ހާމަކޮށްފި އެވެ.

ފިލްމު: “24 ގަޑިއިރު”

“24 ގަޑިއިރު” ގައި ހަރަކަތާތްތެރި ވެފައިވަނީ މަޝްހޫރު ބަތަލް ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އޮސްޓްރިއާގެ ބަތަލާއެއް ކަމަށްވާ ސާރާ އާއި މަރިޔަމް އާޒިފާ (އަޒޫ) އެވެ.

މިއީ 400،000 ރުފިޔާގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި އޮސްޓްރިއާގެ ތިއާޓޭ އެކްޓްރެސް ސާރާ ހާއްސަ ރޯލަކުން ފެނިގެންދ އެވެ. ފިލްމުގެ ބޮޑު ބައެއްގައި އިނގިރޭސި ޑައިލޮގް ވެސް ވަނީ ހިމަނާާފަ އެވެ.

އަމިއްލަ ރާގުގެ ލަވަތައް ހިމެނޭ މި ފިލްމުގެ ލަވަކިޔުންތެރިންނަކީ ތޭރަވާ، އުނޫޝާ އަދި ރިޒޫ އެވެ.

ހައި-ރެއިޑް ޕްރޮޑަކްޝަން ގެ މި ފިލްމު ވަނީ ވީޓީވީ އިން ދައްކާާފަ އެވެ. އަދި ޔޫޓިއުބް ވެސް ކޮށްފަ އެވެ.

ފިލްމު: “ބައިވެރިޔާ”

“ބައިވެރިޔާ” ޕްރޮޑިއުސް ކޮށްފައިވަނީ ޝަފީގްގެ އިތުރުން މަޝްހޫރު އެކްޓްރެސް ނިއުމާ މުހައްމަދު އެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރު އަދި މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.

ބައިވެރިޔާގެ މުހިއްމު ރޯލްތަކުން ފެނިގެންދަނީ މަލީހާ ވަހީދާއި، މަޝްހޫރު އެކްޓަރު އަދި ފިލްމުގެ ޑައިރެކްޓަރު ޔޫސުފް ޝަފީއުއާއި ޝީލާ ނަޖީބާއި، އަހްމަދު ސައީދުގެ އިތުރަށް ނާޝިދާ މުހައްމަދު (ނާއްކޮ) އާއި، އަހްމަދު އަޒުމީލް (އަޒޭ) އާއި މުހައްމަދު ފައިސަލް އެވެ. އަދި ހުސައިން ޝިބާއުގެ އިތުރަށް އަހްމަދު ސުނީވެސް މި ފިލުުމުން ފެނިގެންދެ އެވެ.

ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ އެންވިޝަން ސްޓޫޑިއޯ އާއި ޝައި ޕްރޮޑަކްޝަންސް އިންނެވެ.

“ބައިވެރިޔާ” އަކީ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ. މި ފިލްމުގައި ދައްކުވައިދެނީ ފިލްމީ ދާއިރާއަށް ވަންނަން ބޭނުންވާ އަންހެން ކުއްޖަކު އޭނާގެ އާއިލާއަށް ފިލައިގެން ގޮސް ފިލްމީ ދާއިރާއަށް ވަންނަން އެހެން މީހުންނަށްވެސް އޮޅުވާލައިގެން އުޅޭ މަންޒަރެވެ. އަދި ޝައްކު ކުރުމަކީ ކިހާ ވަރެއްގެ ކަމެއް ކަންވެސް މި ފިލްމުން އެނގިގެންދެ އެވެ. ގާތް ތިން ރަހުމަތްތެރިންގެ ދިރިއުޅުމަުގައި ދިމާވާ ކަންތައްތަކެއްގެ ސަބަބުން އެކަކު އަނެކަކަށް ޝައްކުކޮށްގެން ކުރާ ހެއްވާ މަޖާ ކަންތައްތަކެއް ވެސް މި ފިލްމުން ފެނިގެންދެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.