މާރިޗް 04 ގައި ރިލީޒްކުރާ “އަނދިރިކަންް” ފިލްމުގެ ޓިކެޓް މާދަމާ (20 ފެބްރުއަރީ 2020 ގައި) ވިއްކަން ފަށާނެ ކަމަށް ބުނެފިއެވެ.
މާދަމާ މެންދުރުފަހު 02:00 ން ފެށިގެން އޮލިމްޕަހުން ޓިކެޓް ގަންނަން ލިބެން ހުންނާނެ ކަމަށާއި އޭގެ އަނެއް ދުވަހުން ފެށިގެން ޓިކެޓް ވިއްކުމަށް ކައުންޓަރު ހުޅުވާނެ ގަޑިތައްވެސް ވަނީ އާއްމުކޮށްފައެވެ.
ހޮނިހިރުން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހަކު ހެނދުނު 10:00-12:00 އަށް، 14:00-18:00 އަށް، 20:00-22:00 އަށް އޮލިމްޕަހުގެ ކައުންޓަރު ހުޅުވާފައި ހުންނާނެއެވެ. މީގެ އިތުރުން ހުކުރު ދުވަހު 14:00-18:00 އަށް އަދި 20:00-22:00 އަށް ވެސް ކައުންޓަރު ހުޅުވާފައި ހުންނާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
އެސް ޕްރޮޑަކްޝަނާއި މާސްކޭ ސްޓޫޑިއޯ އިން އުފެއްދި އާއިލީ ލޯބީގެ ފިލްމު “އަނދިރިކަންް” ގެ ވެސް ޓިކެޓްގެ އަގަކީ 100 ރުފިޔާއެވެ.
ފިލްމުގެ ލީޑު ތަރީންގެ ގޮތުގައި ފެނިގެންދާނީ ސީޒަން އާއި ރިޝްފާގެ އިތުރުން ޝީލާ ނަޖީބެވެ. މުހިންމު ރޯލުތަކުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި ދަރާ ރަޝީދު، ޝަކީލާ، ޒީނަތު އަދި ސައީދު ހިމެނެއެވެ.
ފިލްމު ކެމެރާ ކުރީ ޢަބްދުﷲ ޝިވާޒް (މާސްކޭ) އެވެ. މިއީ އަޙްމަދު ޒަރީރްގެ ސްކްރީންޕްލޭ އަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ތަރިންގެ މޭކަޕް ކުރީ ޒީނަތު އައްބާސް އެވެ.
ސީޒަން ބުނީ މި ފިލްމުގެ މައިގަނޑު ޕްލޮޓަކީ ރާއްޖޭގެ މުޖުތަމައުގައި ހިނގަމުންދާ މުހިންމު މައްސަލައެއް ކަމަށެވެ.
”މި ސްކްރިޕްޓަށް ފިލްމު ހަދަން ފެށުމުގެ ކުރިން ބައެއް މީހުންނާ ޝެއާ ވެސް ކޮށްލިން. ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އެއްޗަކަށް މީތި ވީ. އަހަރެން ބުނާނީ ބެލުންތެރިން ޝައުގުވެރިކަމާ އެކު ބަލަން ތިބޭ ކަހަލަ ފިލްމަކަށް އަނދިރިކަން ވާނޭ،“ ފިލްމާމެދު ސީޒަން ބުނެފައިވެއެވެ.
”އަނދިރިކަން“ ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!