2020/02/20 ގައި ކައިވެނީގެ ގޮށުން ބަނދެވުނު މަގުބޫލު ފިލްމީ ބަޠަލާ މަރިޔަމް ޢައްޒައާއި އޭނާގެ ފިރިމީހާ، ފިލްމީ ތަރި ޢަބްދުﷲ މުއާޒް (މުއާ) ހައިޑްއަވޭގައި ހަނީމޫނު ހޭދަކުރަމުން އެބަދެއެވެ.
މުއާ އާއި އައްޒަ ހަނީމޫނަށް ދިޔައީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ހައިޑްއަވޭއަކީ 05 ތަރީގެ މަޝްހޫރު ރިސޯޓެކެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެ އަހަރު ފަހުން މި ދެ ތަރިންގެ ކައިވެންޏަށް ރަން ކިއީ ފާހަގަކޮށްލެވޭ ހަފުލާއެއްގައި މިމަހު ދެވަނަ ދުވަހުއެވެ. ކައިވެނިކުރީ އިއްޔެ ހުޅުމާލޭގައި ބޭއްވި ޚާއްޞަ ހަފުލާއެއްގައެވެ.
މުއާ އާއި އައްޒަ ކައިވެނި ކޮށްފައިވާއިރު، މިހާރު އެ ދެތަރިން ފެންނަމުންދާ ފާތުމަތު ނަހުލާގެ ވެބް ސީރީޒް “ހުވާ”ގައި ވެސް ކައިވެނިކޮށް، ހޭދަކުރަމުން ގެންދަނީ ހަނީމޫން ދުވަސްވަރެވެ. އެ ސީރީޒްގައި މުއާ އަދާކުރަމުންދަނީ ފުރަތަމަ ސީޒަންގައި ރަވީ އަދާކުރި ކެރެކްޓަރއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
