ރީިތި އަސަރުގަދަ ވާހަކައަކަށް ސީޒަން އާއި މާސްކޭ އުފައްދާފައިވާ “އަނދިރިކަން” ފިލްމުގެ ޓިކެޓް މިމަހު 20ވަނަ ދުވަހު ވިއްކަން ފަށާފައިވާއިރު، ފިލްމުގެ ދެވަނަ ޓްރެއިލަރ އެއް މިވަނީ ދޫކޮށްލާފައެވެ. މި ޓްރެއިލަރ ބަލައިލުމުންވެސް “އަނދިރިކަން” ފިލްމަކީ ފިސާރި އަސަރުގަވާނެ ފިލްމެއްކަން އެނގެއެވެ.

މާރިޗް 04 ގައި ރިލީޒްކުރާ “އަނދިރިކަން” ފިލްމުގެ މި ޓްރެއިލަރއިން ވެސް ފެނިގެންދަނީ ލޯތްބާއި ކެކުޅުމާއި ލޯތްބަށްޓަކައި ކުރާ އުންމީދުތައް ފަދަ ޖަޒުބާތީ އަސަރުތަކެވެ.

އެސް ޕްރޮޑަކްޝަނާއި މާސްކޭ ސްޓޫޑިއޯ އިން އުފައްދާފައިވާ އާއިލީ ލޯބީގެ ފިލްމު “އަނދިރިކަން” ގެ ވެސް ޓިކެޓްގެ އަގަކީ 100 ރުފިޔާއެވެ. ޓިކެޓް ނެގުމަށް ގުޅާނެ ހޮޓްލައިން އަކީ 7384040 އެވެ.

ފިލްމުގެ ލީޑު ތަރީންގެ ގޮތުގައި ފެނިގެންދާނީ ސީޒަން އާއި ރިޝްފާގެ އިތުރުން ޝީލާ ނަޖީބެވެ. މުހިންމު ރޯލުތަކުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި ދަރާ ރަޝީދު، ޝަކީލާ، ޒީނަތު އަދި އަޙްމަދު ސައީދު ހިމެނެއެވެ.

 

ފިލްމު ކެމެރާ ކުރީ ޢަބްދުﷲ ޝިވާޒް (މާސްކޭ) އެވެ. ޑައިރެކްޓްކުރީ އަލީ ސީޒަން އެވެ. މިއީ އަޙްމަދު ޒަރީރްގެ ސްކްރީންޕްލޭ އަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ތަރިންގެ މޭކަޕް ކުރީ ޒީނަތު އައްބާސް އެވެ.

އަނދިރިކަން” ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.