މަގްބޫލު ޓީވީ ސީރީސް ފްރެންޑްސް ގެ ހާއްސަ އެޕިސޯޑެއް، މި އަހަރުގެ ތެރޭގައި “އެޗްބީއޯ މެކްސް” އިން ނެރުމުގެ މަސައްކަތް ފަށައިފިއެވެ. ޝޯގައި މުހިއްމު ރޯލެއް ކުޅޭ މެތިއު ޕެރީގެ އިންސްޓަގްރާމުން މިކަންވަނީ ކަށަވަރު ކޮށްދީފައެވެ.
މެތިއުގެ އިތުރުން ޝޯގެ މައިގަނޑު ތަރިން، ކޯޓްނީ ކޮކްސް، ޑޭވިޑް ޝްވިމާ، ލީސާ ކުޑްރޯ، ޖެނިފާ އެނިސްޓަން އަދި މެޓް ލީ ބްލެންކްވެސް މި ތާރީޚީ އެޕިސޯޑުން ފެނިގެންދާނެއެވެ. “ވެރައިޓީ” އިން ޚަބަރުދޭގޮތުން އެޕިސޯޑުގައި ބައިވެރިވުމަށް، މައި ރޯލުތައް ކުޅޭ ހަ ތަރިން ކުރެ ކޮންމެ ތަރިއަކަށްވެސް 2.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެއެވެ.
ފްރެންޑްސްގެ އެޕިސޯޑުތައް 1994 ފެށިގެން 2004 އާއި ހަމައަށް ދެމިގެން ގޮސްފައި ވާއިރު ސީރީސްގެ އެންމެ ފަހު އެޕިސޯޑު ބެލި މީހުންގެ އަދަދުވަނީ 52.5 މިލިއަނަށް އަރާފައެވެ. މިއީ 2000 ގެ އަހަރުތަކުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު ބެލި ޓީވީ އެޕިސޯޑެވެ. އޭގެ ފަހުން “ފްރެންޑްސް” ވަނީ ނެޓްފްލިސް ގެ ޒަރިއްޔާއިން ޒުވާން ޖީލުގެ މެދުގައިވެސް މަގްބޫލުކަން ހޯދާފައެވެ. އެގޮތުން 2018 ގައި ޔޫކޭގެ އެންމެ ގިނަބަޔަކު ބެލި ޝޯގެ މަގާމު ހޯދުމުގެ އިތުރުން “ފްރެންޑްސް” ވެގެންދިޔައީ އެ އަހަރު ނެޓްފްލިކްސްގެ ދެވަނައަށް އެންމެ މަގްބޫލް ޝޯއަށެވެ.
ގިނަ އަހަރުތަކަކަށް ފަހު “ފްރެންޑސް” އަނބުރާ ސްކްރީންތަކަށް އަންނަ ޚަބަރާއި އެކު އެ ސީރީޒްގެ ސަޕޯޓަރުންދަނީ މީސްމީޑިޔާގައި އުފާ ފާޅުކުރަމުންނެވެ. އެޗްބީއޯ މެކްސް އިން އެޕިސޯޑު ލޯންޗުކުރާނެ ކަމަށް ވަނީ މިއަހަރުގެ މޭ މަހުގެ ތެރޭގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ޒިޔާން އަކީ ޤައުމީ ޔުނިވާސިޓީގައި ނޫސްވެރިކަން ކިޔަވަމުން އަންނަ ދަރިވަރެކެވެ. އިޖުތިމާޢީ ދާއިރާ ޚާއްޞަވާއިރު، ހުރިހައި ދާއިރާއެއްގައި ލިޔެ ނޫސްވެރިކަމުގައި ފައިތިލަ ސާބިތުކުރުމަށް ކަމަރު ބަނދެލާފައިވާ ޒުވާނެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 މެއި 2020ރިޕޯޓްޓެކްނޮލޮޖީގެ ދުނިޔެއަށް އިންގިލާބެއް ގެނެސްދިން މޭސްތިރި، ސްޓީވް ޖޮބްސް
- 24 ފެބްރުއަރީ 2020ޚަބަރުފްރެންޑްސް ގެ އާ އެޕިސޯޑެއް ފަނަރަ އަހަރަށްފަހުން!
- 13 ފެބްރުއަރީ 2020ޚަބަރުހަކީމް ޒިޔެޗް ޗެލްސީ އަށް
- 13 ފެބްރުއަރީ 2020މަޢުލޫމާތުސްޓްރެސް ފިލުވުމަށް ކުރެވިދާނެ ފަސޭހަ ފަސް ކަމެއް!