“ތަފާތު ގޮތަކަށް ހަދާފަ އިން ލޯބީގެ އެއްޗަކަމަށް ވީމަ، ދެން މި އެތިި ވަރަށް ސަޅިގޮތަކަށް ގެނެސްފަ އިނީ. ދެން ހަމަ ވާހަކަވެސް އެހާ ރީތި. ދެން އަނެއްހެން ބުނާނަމަ މުޅި އެތިވެސް އައްޔައަށް ވަރަށް ޓަޗިން އެއްޗެއް މި އެއްޗަކީ. އުއްމީދު ކުރަނީ ހަމަ ވަރަށް ބޮޑަށް އުއްމީދުކުރަން ހަމަ އެހެން ޑްރާމާ ތަކެކޭ އެއްފަދައިން “ހަނާ” ޑްރާމާވެސް ހަމަ ވަރަށް ބޮޑަށް ބެލުންތެރިން ބަލައިގަންނާނެ ކަމަށް.” މިއީ މިމަހު27 ވަނަ ދުވަހުގެ ރޭ ރެޑް ކާޕެޓް އިވެންޓެއްގައި ބައިސްކޯފުން ޕްރިމިއާކުރާ ވެބް ސީރީޒް “ހަނާާ” އާމެދު ސީރީޒްގެ ފިރިހެން ލީޑް ޢަލީ އާޒިމް (ދޮން އައްޔަ) މި ސީރީޒް ބަލަންޖެހޭ ސަބަބުތަކަށް ބަލައިލަމުން ބުނެފައިވާ ވާހަކަކޮޅެކެވެ.

ކިޑް ޕްރޮޑަކްޝަނުން އުފައްދާފައިވާ ވެބް ސީރީޒް “ހަނާާ” އަކީ 13 އެޕިސޯޑްގެ ވެބް ސީރީޒްއެކެވެ. “ހަނާާ”ގެ ލީޑް ކުޅެނީ، ނުވަ ވަނަ ފިލްމު އެވޯޑްސްގައި އެންމެ މޮޅު ފިރިހެން ސަޕޯޓިން އެކްޓަރުގެ ރޯލާއި ސްޕެޝަލް ޖޫރީ ޕްރައިޒް، އައުޓްސްޓޭންޑިންގ އޯލްރައުންޑް ޕާރފޯމަރގެ އެވޯޑް ހޯދާފައިވާ އަލީ އާޒިމް (ދޮން އައްޔަ)ގެ އިތުރުން ’ޖާދޫގައި ޖެހިއްޖޭ‘ ލަވައިން މަޝްހޫރުވި ނޫރާ އެވެ. މީގެ އިތުރުން އިބްރާހިމް ޖިހާދު (ޖިމީ)، ޝަމީލް، ޤަމަރިއްޔާ ޤާސިމް، ފާތުމަތު ލަޠީފް، ގުލިސްތާނު އަދި ނިޝާ (ނިޝްކޮ) ވެސް ސީރީޒްގެ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.

މި ސީރީޒްއަކީ މަޝްހޫރު ޑައިރެކްޓަރ އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓްކުރީ ސީރީޒްއެކެވެ. ބެކް މިއުޒިކްގެ ތައްޔާރުކުރީ މަޝްހޫރު މިއުޒީޝަން އައްޔުމަން ޝަރީފް އެވެ. ވާހަކަ ލިޔުނީ ރިނާޒާއެވެ. ސީރީޒްގެ ޕޯސްޓްޕްރޮޑަކްޝަން މަސައްކަތްކުރީ ޢަލީ ރަޝީދު (ގޮޅާ) އެވެ. ޕްރޮޑިއުސްކޮށް ކެމެރާކުރީ ހުސެން މުނައްވަރު (ކުޑަފޫޅު) އެވެ.

ހަނާ” އަކީ މިހާރު، މިހާރު ބައިސްކޯފުގަ ހުރި އެންމެ ރީތި އެއް ޑްރާމާއަށް ވެގެންދާނެކަމަށް އަޅުގަނޑު އުއްމީދުކުރަނީ.” ހުނަރުވެރި އެކްޓަރ، އަދި ”ހަނާ” ގައި މުހިންމު ރޯލަކުން ފެނިގެންދާ އިބްރާހިމް ޖިހާދު (ޖިމީ) ބުންޏެވެ.

ހަނާ”ގެ ޕްރޮޑަކްޝަން ޓީމުން އައު ޓްރެއިލަރއެއް ވެސް އިއްޔެ އާއްމުކޮށްފައިވެއެވެ. މީގެ ކުރިން އާއްމުކޮށްފައިވާ ޓްރެއިލަރ އިންވެސް ޝައުޤުވެރި މަންޒަރުތަކެއް ފެނިފައިވާއިރު، މި ޓްރެއިލަރ އިން ބޮޑަށް ފެނިގެންދަނީ ހަނާގެ ބައި ކުޅޭ ނޫރާ އާއި އައްޔަގެ ލޯބީގެ މަންޒަރުތަކެކެވެ.

ވެބް ސީރީޒް ”ހަނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.