ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ސިލްސިލާ “ކަސޯޓީ ޒިންދަގީ ކޭ”ގެ އައު ޕްރޮމޯ ޓްރެއިލަރ ގައި އަނޫރާގް، ޕްރޭނާ މަރާލާ މަންޒަރު ފެނިގެންދެއެވެ. ނަމަވެސް މިއީ އެ ސީރީޒްގެ ތާއިދު ދަށްވެގެން ބޮލާފޮށާ އެޅޭވަރު ވުމުން، އެކްތާ ކަޕޫރު ޖެއްސި ސްޓަންޓެއްކަމަށް ބައެއް ކްރިޓިކްސް ރިޕޯޓްތައް ބުނެފިއެވެ.
ޕްރޮޑިއުސަރު އެކްތާ ކަޕޫރް އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވާ ޕްރޮމޯގައި ފެންނަނީ އަނޫރާގް، ޕްރޭނާ އިމާރާތެއްގެ ބެލްކަނިން ވައްޓައިލާ ތަނެވެ. މި ޕްރޮމޯ ކުޅެފައިވަނީ ފިލްމު “ބާޒީގަރް”ގެ މަންޒަރެއް ޝޮޓުން ޝޮޓަށް ކޮޕީކޮށްގެންނޭ ވެސް ބުނާހާ އެއްގޮތަށެވެ.
މި ޝޯއަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ މިއީ ޝޯގެ ޓީއާރްޕީ ދަށްވެގެން ގޮސް، މީހުން މި ޝޯ ބެލުމާއި ދުރަށްދާން ފެށުމުން އެކްތާ ޖެއްސި ރޮކެޓެއް ކަމަށާއި، ހަޤީޤީ ދިރިއުޅުމާއި ދުރު ކަންތައްތަކެއް ފެނިގެންދާ މި ސީރީޒްގެ އަގު ދެން އުފުލައި ނުލެވޭނެކަމަށެވެ.
އެކްތާގެ އިންސްޓަގްރާމަށް ދޫކޮށްލާފައިވާ ޕްރޮމޯއަށް މީހުން ކޮށްފައިވާ ކޮމެންޓްތަކުން ވެސް ފެނިގެންދަނީ އެ ޝޯއާއިމެދު މީހުން ކުރަމުން އަންނަ ނަފުރަތުކަން ފާހަގަކޮށްލެވެއެވެ. ބައެއް މީހުން ބުނެފައިވަނީ މޮޅު ގޮތަކަށް ޕްރޮމޯއެއް ހަދައި ދޫކޮށްލިޔަސް، ދެން އެ ޝޯއަށް ކުރިއެރުމެއް ނުލިބޭނެކަމަށެވެ.
View this post on Instagram
މިއީ ޕްރޮޑިއުސަރ އެކްތާ ޖެއްސި ސްޓަންޓެއްތޯ ނުވަތަ މިއީ ޝޯގެ ވިލަން، ކޮމޯލިކާ ޖައްސާ ޕްލޭނެއްތޯ ނުވަތަ ހަމަ އަސްލުވެސް އަނޫރާގް ޕްރޭނާއަށް ދޯކާދެނީތޯ ބަލަން ތިބެމާ ހިނގާށެވެ. ނުވަތަ މިއީ ޝޯގެ ތާއިދު ގެއްލިގެން ޖެއްސި ސްޓަންޓެއްތޯ ނުވަތަ ނޫންތޯވެސް ބަލަން ތިބެމާ ހިނގާށެވެ. ހަފުތާއަކު ފަސް ދުވަހު ދައްކަމުން އައި މި ޝޯ، މިހާރު ވަނީ ހަފުތާއަކު ހަ ދުވަހު ދައްކަންވެސް ނިންމާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 18 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”
- 18 އޭޕްރިލް 2025ޚަބަރުހުވާކޮށްފަ ބުނަން، މަށަށް ހީވަނީ މި މުބާރާތް ކާމިޔާބުކުރާނީ ދިވެހިރާއްޖެއިން – އަނޫ މަލިކް
- 15 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ގެ ތިންވަނަ ހުށައެޅުން މާދަމާ ހަވީރު