ހުސައިން މުނައްވަރު ޕްރޮޑިއުސްކޮށް، ކާމިޔާބު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓްކޮށްފައިވާ ވެބް ސީރީޒް “ހަނާ” ޕްރިމިއާކުރުން މިރޭ އޮންނާނެއެވެ. ރެޑްކާޕެޓް އިވެންޓަކާއެކު “ހަނާ” ޕްރިމިއާކުރުމުގެ ހަފުލާ އޮލިމްޕަހުގައި ފެށޭނީ މިރޭ 20:30ގައެވެ.

ބައިސްކޯފު އެޕްލިކޭޝަން މެދުވެރިކޮށް މިރެއިން ފެށިގެން “ހަނާ” ބަލައިލެވޭނެއެވެ. މިއީ ހުސައިން މުނައްވަރުގެ ކިޑް ޕްރޮޑަކްޝަނުން އުފައްދާފައިވާ 13 އެޕިސޯޑްގެ ސީރީޒްއެކެވެ. ލޯބީގެ ކަންތައްތަކެއް ދައްކުވައިދޭ މި ސީރީޒްގެ ވާހަކަ ލިޔުނީ މި ސީރީޒްގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ކޮށްފައިވާ މަޝްހޫރު ކެމެރާމަން އަލީ ރަޝީދު (ގޮޅާ އައްޔަ) ގެ އަންހެނުން އައިމިނަތު ރިނާޒާ އެވެ.

ހަނާ“ގެ ޖާދޫގައި ދިވެހި ފިލްމު އޯޑިއަންސް ޖައްސާނީ “ޖާދޫގައި ޖެހިއްޖޭ” ލަވައިން މަޝްހޫރުކަން ހޯދި އާމިނަތު ނޫރާ އެވެ. މީގެ އިތުރުން ފިރިހެން ލީޑް ކުޅެފައިވަނީ 09ވަނަ ފިލްމު އެވޯޑްސްގައި އެންމެ މޮޅު ފިރިހެން ސަޕޯޓިން އެކްޓަރުގެ ރޯލާއި ސްޕެޝަލް ޖޫރީ ޕްރައިޒް، އައުޓްސްޓޭންޑިންގ އޯލްރައުންޑް ޕާރފޯމަރގެ އެވޯޑް ހޯދާފައިވާ އަލީ އާޒިމް (ދޮން އައްޔަ) އެވެ. މީގެ އިތުރުން އިބްރާހިމް ޖިހާދު (ޖިމީ)، ޝަމީލް، ޤަމަރިއްޔާ ޤާސިމް، ފާތުމަތު ލަޠީފް، ގުލިސްތާނު އަދި ނިޝާ (ނިޝްކޮ) އެވެ.

ހަނާ“ގެ ރެޑްކާޕެޓް ޕްރިމިއާ އިވެންޓްގައި ބައިސްކޯފު ބޭނުންކުރާ 200 ފަރާތަކަށް މުޅިން ހިލޭ ފުރުޞަތު ދީފައިވެއެވެ. އެހެންކަމުން މިރޭގެ އިވެންޓް ވެގެންދާނީ ބައިސްކޯފު ބޭނުންކުރާ ފޭނުންގެ ވެސް ބޮޑު ރެއަކަށެވެ.

މި ވެބް ސީރީޒްގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އެވެ. ކޯ-ސްޕޮންސަރަކީ މޮޑަރން އިންޓީރިއާ އެވެ.

ވެބް ސީރީޒް ”ހަނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.