ޝާނީޒް ޢަލީ އާއި ސީޒަންގެ އަންހެނުން ޝަނާޒް ޕްރޮޑިއުސްކޮށް ސީޒަންގެ ’އެސް ޕްރޮޑަކްޝަންސް‘ އިން ގެނެސްދޭ ފިލްމު ”ލޯބިވެވިއްޖެ“ ގެ ޝޫޓިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ފިލްމުގެ ޝޫޓިން ފެށީ މިދިޔަ އަހަރު ޑިސެމްބަރު 24ވަނަ ދުވަހު ގދ. ތިނަދޫގައެވެ. ތިނަދޫ ޝޫޓިން ނިންމައި މާލޭގައި ނަގަންހުރި މަންޒަރުތައް މާލޭގައި ޝޫޓްކުރުމަށްފަހު ލަންކާގައި ޝޫޓިން ފެށީ މިމަހު ހަތްވަނަ ދުވަހުއެވެ.
”ލޯބިވެވިއްޖެ”ގެ ލީޑްގައި ޢަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް އައްޒަ ހަރަކާތްތެރިވެއެވެ. މީގެ އިތުރުން އިރުފާނާ އިބްރާހިމް (އެރޫ)، ރިޝްފާ، ފުބޫ،އަހްމަދު އީސާ (އާނަންދު)، ނިމާލް، ޢަލީ ޝަމީލް ގެ އިތުރުން ނިޝާ (ނިޝްކޮ) ހިމެނެއެވެ.
މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ ޒަރީރު އެވެ. ފިލްމު ކެމެރާކުރީ އިބްރާހީމް މޫސާ (ދަބަ) އެވެ. ޑައިރެކްޓްކުރީ ހުނަރުވެރި އެކްޓަރ އަދި ޑައިރެކްޓަރ އަލީ ސީޒަން އެވެ.
މި އަހަރު ރޯދައިގެ ފަހުން ފިލްމު އަޅުވަން ނިންމާފައިވާއިިރު އަދި ވަކި ތަރީޚެއް އިއުލާނެއް ނުކުރެ އެވެ.
މި ފިލްމުގެ އިތުރުން، ސީޒަން އާއި މާސްކޭގެ ފިލްމު ”އަނދިރިކަން“ މިއަހަރު މާރިޗް މަހު 04ގައި ރިލީޒްކުރަން ވަނީ ނިންމާފައެވެ.
ފިލްމު ”ލޯބިވެވިއްޖެ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
