‘ކިޑް ޕްރޮޑަކްޝަން’ ގެ ދެވަނަ ވެބް ސީރީޒް ލޯންޗްކޮށްފިއެވެ. “މާފްކުރޭ”ގެ ނަމުގައި މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ މި ސީރީޒްގައި ވަރަށް މުހިންމު ރޯލަކުން އޭޝިޔާ ސަރަހައްދުގެ ވަރަށް މަޝްހޫރު ފަންނާނެއް ފެނިގެންދާނެ ކަމަށް ސީރީޒްގެ ޑައިރެކްޓަރ އަލީ ރަޝީދު (ގޮޅާ އައްޔަ) މުނިއަވަސް އަށް ބުންޏެވެ.
“މި ޑްރާމާގެ ސަޕޯޓިން އެކްޓްރެސްއެއް ގޮތުގަ ފެނިގެންދާނެ ވަރަށް ބޮޑު ބަޔަކުން ރާއްޖެއިން ބޭރު މަޝްހޫރު ފިލްމީ ތަރިއެއް.” އަލަށް ހަދާ ވެބް ސީރީޒްގެ މަޢުލޫމާތު ފުރަތަމަ ފަހަރަށް މުނިއަވަސް މެދުވެރިކޮށް ހާމަކުރަމުން އައްޔަ ފާހަގަކުރިއެވެ.
ކިޑް ޕްރޮޑަކްޝަންގެ ފުރަތަމަ ވެބް ސީރީޒް “ހަނާ” ޕްރިމިއާކުރުމަށް އޮލިމްޕަހުގައި ރޭ ބޭއްވި ރެޑްކާޕެޓް އިވެންޓްގައި “މާފްކުރޭ” ލޯންޗްކޮށްދެއްވީ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފެވެ.
“މާފްކުރޭ”ގެ ވެސް ވާހަކަ އަދި ސްކްރީންޕްލޭ ލިޔަނީ 13 އެޕިސޯޑްގެ “ހަނާ” ވެސް ލިޔުނު އާމިނަތު ރިނާޒާއެވެ. މިއީވެސް ލޯބީގެ އަސަރުގަދަ، ތަފާތު ވާހަކައެއް ކަމަށް އައްޔަ ބުންޏެވެ.
މާރިޗް 10 ހިސާބުގައި ޝޫޓިން ފަށަން ޕްލޭންކުރަމުން އަންނަ މި ސީރީޒް ޝޫޓްކުރަން ވަކި ލޮކޭޝަނެއް އަދި ނިންމާފައެއް ނުވެއެވެ. ނަމަވެސް ކާސްޓުން ހޮވުމުގެ މަސައްކަތް ފަށާފައިވާކަމަށް އައްޔަ ބުނެއެވެ.
މިއީ ‘ކިޑް ޕްރޮޑަކްޝަން’ގެ ބިޔަ ޕްރޮޖެކްޓެއް ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
“މާފްކުރޭ” ސީރީޒްގެ އޮންލައިން މީޑިއާ ޕާޓްނަރުކަން މުނިއަވަސް އަށް ދިނުމާމެދު ވިސްނާފައިވާކަންވެސް އައްޔަ ހާމަކޮށްފައި ވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!