ފިލްމީ ތަރި އަދި ޕްރޮޑިއުސަރ އާމިރު ޚާން ގެ “ސީކްރެޓް ސުޕަސްޓާ” އަށް 127 ކުރޯޑް އިންޑިއަން ރުޕީސް ގެ ބޮޑު ފައިދާއެއް ލިބިއްޖެއެވެ.
ފިލްމަށް ލިބުނު ކާމީޔާބީ ފާހަގަ ކުރުމަށް އާމިރް ޚާން ވަނީ ދާދިފަހުން ހަފްލާއެއް ބާއްވާފައެވެ. އެ ހަފްލާގައި “ސީކްރެޓް ސުޕަސްޓަރ” ޗައިނާގައި އެޅުވުމުގެ މަސައްކަތް ކުރަމުން ދާކަމަށް އާމިރު ބުންޏެވެ. އެހެން ކަމުން މި ފިލްމަށް މިހާރު ލިބިފައިވާ ފައިދާގެ ދެގުނަ ލިބޭނެ ކަމަށް ބެލެވެއެވެ. އާމިރު ޚާން ގެ “ޑަންގަލް” އަށް ވެސް ވަނީ ޗައިނާ ގައި ފިލްމު ރިލީޒްކޮށްގެން ބޮޑު އާމްދަނީއެއް ލިބިފައެވެ. ޗައިނާ އިން އެކަނި ވެސް އެ ފިލްމަށް ވަނީ 2,000 ކުރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ. ޗައިނާގައި އާމިރު ޚާންގެ ފިލްމުތަކުގެ ތަރުހީބު ބޮޑެވެ. “ޑަންގަލް” ގެ އިތުރުން އާމިރު ޚާންގެ “ޕީކޭ” ވެސް ވަނީ ޗައިނާގައި އަޅުވާ ރަނގަޅު އާމްދަނީއެއް ހޯދާފައެވެ. ބެލެވޭ ގޮތުގައި “ސީކްރެޓް ސުޕަސްޓާ” ޗައިނާގައި އަޅުވާނީ އާ އަހަރާ ދިމާކޮށެވެ.
“ސީކްރެޓް ސުޕަސްޓާ” އަކީ އާމިރް ޚާން އާއި ޒައިރާ ވަސީމްގެ އެކްޓިންގ ފެނިގެންދާ ފިލްމެކެވެ. ފިލްމުގައި ފެންނަނީ އަންހެން ކުއްޖަކު ލަވަ ކިޔަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން އޭނާ އެކަން ހާސިލު ކުރުމަށް ދިމާވާ ގޮންޖެހުންތަކާއިއެކު ކުރާ މަސައްކަތްތަކެވެ. މި ފިލްމުގައި ލީޑު ރޯލުން ފެނިގެންދާ އަންހެން ކުއްޖަކީ އާމިރުގެ “ޑަންގަލް” އިން އޭނާގެ ދަރިއެއްގެ ރޯލު ކުޅުނު ޒާއިރާ ވަސީމްއެވެ. މި ފިލްމުގައި ބޮލީވުޑްގެ އެތަކެއް ފަންނާނުންނެއް ފެނިގެންދެ އެވެ.
“ސީކްރެޓް ސުޕަސްޓާ” އަކީ އާމިރު ގެ ޕްރޮޑަކްޝަން ހައުސް އިން ހަދާފައިވާ ފިލްމެކެވެ. މި ފިލްމު 1100 އަށް ވުރެ ގިނަ ސްކްރީނުގައި މިހާތަނަށް ވަނީ އަޅުވާފައެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އަދަވައިތު ޗަންދަން އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!
- 9 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާ އަދި ލަވަތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް!
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!