ޑާކް ރެއިން އެންޓަޓެއިންމެންޓުން ގެނެސްދޭން ނިންމާފައިވާ ބިރުވެރި ފިލްމު “ބަޅިނދު” ގެ ކެރެކްޓަރ ޕޯސްޓަރުތައް ދައްކާލައިފިއެވެ.
ފިލްމު “ބަޅިނދު” ގެ މުހިންމު ކާސްޓުންގެ ގޮތުގައި ޖުމައްޔިލް ނިމާލް (ޖުމަލް)، އިސްމާޢީލް ޖުމައިހް (ޖުމާ)، އައިމިނަތު ރަޝްފާ (އާޝާ)، ސަރާގެ އިތުރުން މުޙައްމަދު ޔުނާން އާއި ހުނޭޝާ އާދަމް ނަސީރު، މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.
ފިލްމު “ބަޅިނދު” ގެ ސްކްރީންޕްލޭ ލިޔުނީ ހޫދު އިބްރާހިމް އެވެ. މިއީ ހަގީގީ ހާދިސާތަކެއް ހިމަނައިގެން ލިޔެފައިވާ ވާހަކައެކެވެ. މި ފިލްމު “ގޮށްރާޅު” ވެސް ޑައިރެކްޓްކުރި އަހްމަދު ޝިނާންއެވެ.
މި ފިލްމުގެ ވެސް ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އާއި އާއިޝަތު ފުއާދު ތައުފީގެވެ.
މިއީ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ލޭބަލްގައި އުފައްދާ 14ވަނަ ފިލްމެވެ.
ފިލްމު “ބަޅިނދު” ގެ ޕޯސްޓަރުތައް ދައްކާލާފައިވަނީ ޑާކް ރެއިން އެންޓަޓެއިންމެންޓުން ފިލްމުގެ ތަރިން ތައާރަފުކުރާ ސްޓައިލްގައެވެ. ޕޯސްޓަރުގެ ފަސްމަންޒަރުން ފެންނަނީ ފިލްމުގެ ޓީޒާގައި ދައްކައިލި ދޮލަނގެވެ. އެ ދޮލަނގުން ފެންނަނީ ފަންޑިތަ ސިހުރުވެރިކަމުގައި ތަށި ދުއްވުމަށް އަކަ ޖަހާގޮތަށް ޖަހާފައިވާ އަކައެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 އޭޕްރިލް 2025ޚަބަރުޑާކް ރެއިން ފިލްމެއްގަ އެކްޓްކޮށްލަން މިއޮތީ ސަޅި ޗާންސެއް
- 24 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” ބޭންޑުގެ 05 ވަނަ ހުށައެޅުން 25 އޭޕްރީލްގައި
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ