އެސް ޕްރޮޑަކްޝަންސް އާއި މާސްކޭ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ ލޯބީގެ އަސަރުގަދަ ފިލްމު “އަނދިރިކަން” މިރޭ އޮލިމްޕަހުގައި ޕްރިމިއަރކުރާނެއެވެ.

ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ މަޝްހޫރު ސްކްރީން ރައިޓަރ އަޙްމަދު ޒަރީރުއެވެ. ސީޒަންގެ ކޮންސެޕްޓަކަށް ލިޔެފައިވާ މި ވާހަކަ ލިޔެފައި ވަނީ ދިވެހި މުޖުތަމައުގައި މިހާރު ވަރަށް އާންމުކޮށް ހިނގަމުން އަންނަ ބައެއް ކަންކަމަށް ބަލައިގެންނެވެ.

“މި ސްކްރިޕްޓަށް ފިލްމު ހަދަން ފެށުމުގެ ކުރިން ބައެއް މީހުންނާ ޝެއާ ވެސް ކޮށްލިން. ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އެއްޗަކަށް މީތި ވީ. އަހަރެން ބުނާނީ ބެލުންތެރިން ޝައުގުވެރިކަމާ އެކު ބަލަން ތިބޭ ކަހަލަ ފިލްމަކަށް “އަނދިރިކަން” ވާނޭ،“ ފިލްމުގެ ޕްލޮޓާމެދު ސީޒަން ބުނެފައިވެއެވެ.

“ތަންކޮޅެއް މެޗުއާރޑް މެރިޑް ލައިފެއް ދައްކުވައިދޭނީ. މިކަހަލަ މެޗުއާޑް ސްޓޯރީއެއް ސިނަމާތަކަށް ނާންނަތާ ތަންކޮޅެއް ގިނަދުވަސް ވެއްޖެކަންނޭނގެ.” މި ފިލްމުގައި ފެނިގެންދާނީ ކޮންކަހަލަ ރޯލެއްކަން ތިލަކޮށްދެމުން ސީޒަން ބުންޏެވެ.

މަގްބޫލު އެކްޓަރު އަލީ ސީޒަން ޑައިރެކްޓްކޮށް އޭނާ ލީޑު ރޯލު ކުޅޭ ފިލްމު “އަނދިރިކަން” މިއީ އާއިލީ ޑްރާމާއެކެވެ. މި ފިލްމުގެ ލީޑު ތަރީންގެ ގޮތުގައި ފެނިގެންދާނީ ސީޒަން އާއި އާމިނަތު ރިޝްފާގެ އިތުރުން ޝީލާ ނަޖީބެވެ. މުހިންމު ރޯލުތަކުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި ދަރާ ރަޝީދު، ޝަކީލާ، ޒީނަތު އަދި އަޙްމަދު ސައީދު ހިމެނެއެވެ.

މި ފިލްމަކީ މަޤްބޫލު އަދި ހުނަރުވެރި އެކްޓްރެސް ޝީލާ ނަޖީބު، ބުރުގާ އެޅުމުގެ ކުރިން ކުޅެފައިވާ އެންމެ ފަހު ފީޗާ ފިލްމެވެ. ޝީލާގެ އަސަރުގަދަ މަންޒަރުތަކެއް ހިމެނޭ މި ފިލްމަކީ ހަމަ ގައިމުވެސް ޝީލާގެ ފޭނުންނަށް ޚާއްޞަވާނެ ފިލްމެކެވެ. މީގެ އިތުރުން ރިޝްފާގެ ހުނަރުވެރި، ހިތްގައިމު އެކްޓިން އާއި ސީޒަންގެ ފޭނުންނަށްވެސް މިއީ ޚާއްޞަ ފިލްމަކަށް ވެގެންދާނެ ފިލްމެކެވެ.

ފިލްމު ކެމެރާ ކުރީ ޢަބްދުﷲ ޝިވާޒް (މާސްކޭ) އެވެ. ޑައިރެކްޓްކުރީ އަލީ ސީޒަން އެވެ. ފިލްމުގެ ތަރިންގެ މޭކަޕް ކުރީ ޒީނަތު އައްބާސް އެވެ. ފިލްމުގައި ޖުމްލަ ތިން ލަވަ ހިމެނޭއިރު، ކުރިއަރަމުން އަންނަ ލަވަކިޔުންތެރިޔާ އަލީފް އާއި ރާއްޖޭގެ އެންމެ މަޤްބޫލު ލަވަކިޔުންތެރިޔާ ޝިފާ ތަޢުފީޤް ކިޔާފައިވާ ވަރަށް ހިތްގައިމު ލަވައެއްވެސް ފިލްމުގައި ހިމެނެއެވެ.

ފިލްމު ”އަނދިރިކަން“ ގެ ވެސް ޓިކެޓްގެ އަގަކީ 100 ރުފިޔާއެވެ. ޓިކެޓް ނެގުމަށް ގުޅާނެ ހޮޓްލައިން އަކީ 7384040 އެވެ. ފިލްމުގެ ޕްރިމިއާ މިރޭ މާލޭގައި އޮންނައިރު، މިމަހުގެ 06ގައި ބ. އޭދަފުއްޓާއި ދަރަވަންދޫގައި ވެސް މި ފިލްމު ދައްކާނެއެވެ. ދަރަވަންދޫ ޝޯވއަށް ޓިކެޓް ނެގުމަށްވެސް ގުޅަންވ 7384040 ނަންބަރެވެ. އޭދަފުށިން ޓިކެޓް ހޯދުމަށް 7702200 އަށް ގުޅުމަށް ޕްރޮޑިއުސަރުން އެދެއެވެ.

އަނދިރިކަން” ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.


ޝާއިޢުކުރީ: އަޙްމަދު ރަޝީދު  | ރިވިއު ކުރީ: އަޙްމަދު ރަޝީދު


 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.