1977 ގައި ނިކުތް ފިލްމުތަކުގެ ތެރެއިން ‘ހަމް ކިސީސޭ ކަމް ނެހީ’ (އަހަރުމެން ވަކިން އެހެން ބަޔަކަށް ވުރެން ދަށެއް ނުވާނެ) އަކީ ސްޕަރހިޓް ފިލްމެކެވެ. އެ ފިލްމުގެ ހިތްގައިމު ލަވަތަކުގެ ތެރެއިން ‘ކިޔާ ހުވާ ތޭރާ ވާދާ؟’ އަކީ ހިންދީ ލަވަތަކަށް ލޯބިކުރާ ގިނަބައެއްގެ ހިތުގެ ލަވަ ޗާޓްގެ އެއްމެ ކުރީގައި އުޅޭނެ އެއް ލަވައަށް ވެގެންދާނެ އެވެ.

މިއީ އެދުވަސްވަރު ގެ ފިލްމު ޕްރޮޑިއުސަރުންގެ ތެރޭގައި ނަންހިނގާ ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ނާސިރު ހުސައިން ގެ ފިލްމެކެވެ. ފިލްމުގެ ތަރިންގެ ތެރޭގައި ރިޝީ ކަޕޫރް، ކާޖަލް ކިރަން، ޠާރިޤް ޙާން، އަމްޖަދު ޚާން، ޒީނަތު އަމަން، އޯމް ޝިވްޕުރީ، ޖަލާލް އާގާ އަދި ޓޮމް އަލްޓަރ ހިމެެނެއެވެ.

ދިމާނަ ޔޫޓިބް ޗެނަލް މެދުވެރިކޮށް މި ގެނެސްދޭ ލަވަ ‘ކިޔާ ހުވާ ތޭރާ ވާދާ؟’ ކިޔާފައިވަނީ މުޙައްމަދު ރަފީޢު އާއި ޝުޝްމާ ޝްރެސްތާ އެވެ. ލަވައިގެ މިއުޒިކް ހަދާފައިވަނީ އާރްޑީ ބަރްމަން އެވެ. ޅެން ހެެދީ މަޖްރޫހް ސުލްޠާންޕުރީ އެވެ.

މި ފިލްމަށް ވަނީ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީ ތަކެއް ލިބިފައެވެ. އެގޮތުން ޤައުމީ ފިލްމު އެވޯޑުން އެއްމެ މޮޅު ޕްލޭބެކް ލަވަކިޔުންތެރިއަކަށް ހޮވިފައިވަނީ މުހައްމަދު ރަފީއު އެވެ. އަދި ފިލްމު ފެއަރ އެވޯޑްގައި މި ލަވައިގެ އަޑުގެ ވެރިޔާ މުޙައްމަދު ރަފީއު އަށް އެއްމެ މޮޅު ޕްލޭބެކް ލަވަކިޔުންތެރިއާގެ މަގާމު ލިބިފައި ވެއެވެ. މީގެ އިތުރުން ފިލްމު ފެއަރ އެވޯޑުން އެއްމެ މޮޅު ކޮރިއޮގްރަފީ އަދި އެއްމެ މޮޅު އާޓް ޑައިރެކްޝަން ވެސް ލިބިފައި ވެއެވެ.

 

ލަވައިގެ ޅެން ދިވެހި މާނަ އާއި އެކު:

ކިޔާ ހުވާ ތޭރާ ވާދާ ވޯ ޤަސަމް ވޯ އިރާދާ

ކަލާ ކުރިހާ ވަޢުދުތަކާއި ހުވާ ތަކަށް ވީ ކިހިނެތް ހެއްޔެވެ؟ ކަލާގެ އެދުންތަކަށް ވީ ކިހިނެތް ހެއްޔެވެ؟
ބޫލޭގާ ދިލް ޖިސް ދިން ތުމްހޭ
ކަލާ މަތިން އަހަރެންގެ މި ހިތް ހަނދާންނެތޭ ދުވަހަކީ
ވޯ ދިން ޒިންދަގީ ކާ އާޚްރީ ދިން ހޯގާ
އެދުވަސް ވެގެންދާނީ އަހަރެންގެ ދިރިއުޅުމުގެ އެއްމެ ފަހު ދުވަހަކަށެވެ.

 

ޔާދް ހެ މުޖްކޯ ތޫނޭ ކަހާ ތާ
ކަލާ މިހެން އަހަރެން ކައިރީ ބުނި ހަނދާން އެބަހުރި ހެއްޔެވެ؟
ތުމްސޭ ނަހީނ ރޫޓޭނގެ ކަބީ
ކަލާ ދުވަހަކުވެސް އަހަރެންދެކެ ރުޅި ނާންނާނެ ކަމަށް ބުނީމު އެވެ.
ދިލް ކީ ތަރާ ސޭ ހާތު މިލޭ ހޭނ
ދެއަތް ގުޅިފައިވަނީ އަހަރެމެންގެ ދެހިތް ފަދައިންކަމަށްވެސް ބުނީމު އެވެ.
ކޭސޭ ބަލާ ޗޫޓޭނގޭ ކަބީ
އެ ދެއަތް ދުވަހެއްގައިވެސް ވަކިވާންވީ ކީއްވެހެއްޔެވެ.
ތޭރީ ބާހޯނ މެއިނ ބީތީ ހަރް ޝާމް
ކޮންމެ ހަވީރެއް އަހަރެން ހޭދަކުރީ ކަލާގެ މުށުތެރޭގަ އެވެ.
ބޭވަފާ ޔޭ ބި ކިޔާ ޔާދް ނެހީނ؟
އޭ މިހިރަ ބޭވަފާތެރިޔާ އެވެ! ކަލާ އެކަންވެސް ހަނދާންނެތީ ހެއްޔެވެ.

 

އޯ ކެހެނޭ ވާލޭ މުޖްކޯ ފަރޭބީ
އަހަންނަކީ ކެހިވެރިއެއް ކަމަށް ތި ބުނަނީ ކަލާހެއްޔެވެ؟
ކޯން ފަރޭބީ ހޭ ޔޭ ބަތާ
ކެހިވެރިއަކީ ކާކުކަން ނިކަން ބުނެދީބަލާށެވެ.
ވޯ ޖިސްނެ ޣަމް ލިޔާ ޕިޔާރް ކެ ޚާތިރް
ލޯތްބަށްޓަކައި ހިތާމަޔާއި ކުރިމަތިލި މީހާ ހެއްޔެވެ.
ޔާ ޖިސްނެ ޕިޔާރް ކޯ ބޭޗް ދިޔާ
ނުވަތަ ލޯބި ވިއްކާލި މީހާ ހެއްޔެވެ.
ނަޝާ ދައުލަތު ކާ އޭސާ ބި ކިޔާ
ފައިސާއަށްޓަކައި ތިޔަ ވަނީ ކޮންކަހަލަ މަސްތުކަމެއް ހެއްޔެވެ.
ކެ ތުޖޭ ކުޗް ބީ ޔާދް ނެހީނ
އޭގެ ސަބަބުން ކަލާ އެއްވެސް ކަމެއް ހަނދާންނެތީ ހެއްޔެވެ.

****

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.