ހަލުވިކަމާއިއެކު ދުނިޔެއަށް ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 މި ވަނީ ރާއްޖެއާ ހަމައަށްވެސް ފޯރާފައެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. ހެޔޮ ދުއާކޮށް اللهގެ ހަޟްރަތުގައި ދެންނެވުން ނޫންގޮތެއްނެތެވެ. ނަމަވެސް ފެންނަމުންދަނީ އެހެން މަންޒަރެކެވެ.
ބައްޔަށް ދެ މިީހުން ޕޮޒިޓިވްވުމާއިއެކު ހުރިހާ އެންމެން ފާޑު ކިޔުމާއި ޝަކުވާތައް ދިމާވީ ސީދާ ސަރުކާރަށެވެ. ހެލްތު މިނިސްޓްރީއަށެވެ. އެ މިނިސްޓްރީއިން ގަސްދުގައި ރައްޔިތުންނަށް ބަލި ޖައްސަފާނެހެއްޔެވެ؟ ނޫނީ ބައްޔަށް ރައްކާތެރިވުމަށް އިންސާނުންނަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ ހިތްތިރިކޮށްލާފައި މިންވަރަށް ޝުކުރުކޮށްލާށެވެ. އިންސާނުންނަށްވުރެ މަތިން އަމުރުތައް ކުރައްވާ ފަރާތެއްވާކަން ހަނދުމަފުޅު ބަހައްޓަވާށެވެ. އެއްވެސް އިންސާނަކަށް ނުއުފުލޭ ވަރުގެ ބުރައެއް އެކަލާނގެ ނުޖައްސަވާނެއެވެ.
ހަނދާން ބަހައްޓާށެވެ. މީހުންނާ ދިމާއަށް ބަދުބަސް ބުނަމުންދާއިރު އިންސާނާގެ ދުލަކީ ވަރަށް ނުރައްކާތެރި އެއްޗެކެވެ. އުފާކުރާށެވެ. ތިމާމެންގެ ސިއްހީ ރައްކަތެރިކަން ފޯރިކޮށްދިނުމަށް އަމިއްލަ އާއިލާވެސް ދޫކޮށްފައި އައިސް ތިބި ހިތްވަރުގަދަ ނަރުހުންނާއި ޑޮކްޓަކުން ތިބީތީއެވެ. ތިމާމެންނަށް ކުރިމަތިވެދާނެ ނުރަކަލަށް ބިރެއް ނެތި އެތިބީ ހަށި ފޮޅާލައިގެންނެވެ.
ހެލްތު ދާއިރާގައި މަސައްކަތްކުރާ، ހެލްތު ވޯކަރުންނާ އަދިވެސް އެހެނިހެން މެޑިކަލް ޕްރޮފެޝަނަލުން މި ވައިރަހުން ދިވެހިން ސަލާމަތް ކުރުމަށްޓަކައި ފުރާނަ އަތްމައްޗަށް ލައިގެން އެ ކުރަމުންދާ މަސައްކަތަށް ޝުކުރު ހައްގު ނޫންތޯއެވެ؟
ރައްކާތެރިކަމަށްޓަކައި އެބޭފުޅުން އެކުރާ މަސައްކަތާއި އެއްވަރަށް އަހަރުމެންގެ އަމިއްލަ ފަރުދީ ޒިންމާ އަދާކުރުންވެސް މުހިންމެވެ. ހަމަ އެއާއި އެކު އެއްބައިވަންތަކަމަށްވެސް ގައުމު މިވަނީ ބޭނުން ޖެހިފައެވެ.
ޝައްކެއްވެސް ނެތްގޮތުގައި ދިވެހިން ވަނީ ފާއިތުވި މާޒީގައި ދިވެހިންގެ އެއްބައިވަންތަކަމުގެ ލާމަސީލު އެތައް މިސާލުތަކެއް ދައްކުވައިދީފައެވެ. މިފަދަ އެންމެ މުހިންމު އަދި ފަހުގެ ތާރީޚުގައި ދިވެހިދުށް އެންމެ ހައިރާން ކުރަނިވި ޙާދިސާ އަކީ 26 ޑިސެމްބަރު 2004 ވަނައަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ނުރައްކާތެރި ކާރިސާއެވެ.
އެއީ ދިވެހިންގެ ހިތްތަކަށް ބިރުވެރިކަމާއި ނާމާންކަން ގެނުވައި، އެތައް ބައެއްގެ އުއްމީދުތައް ފަނުފުލުން ދިޔަ ދުވަހެކެވެ. ދިރިއުޅުން ސުންނާފަތިވެ، އެދިރިއުޅުމުގައި އާރާސްތު ކުރި ކުރިބޯށިތައް ވީރާނާވެ، އެކަންކަމުން އަރައިގަތުމަށް ސުމަކުން ފަށަން ޖެހުނު ދުވަސްވެސްމެއެވެ.
އެމަންޒަރުތައް ފެނުނު ކޮންމެ މީހަކު ލޮލުން ކަރުނަ ހިލުނުއިރު އެފަދަ އެއްބައިވަންތަކަން މިޤައުމުގައި ތާއަބަދު ދެމެހެއްޓުމަށް ހިތާހިތުން އެދުވަހުވެސް އެތައް ބަޔަކު ދިޔައީ ދުޢާކުރަމުންނެވެ. އެ ހަނދާންތަކާއި އެ ހިތްދަތިކަން މާޒީގެ ހިރަފުހުގެ ތެރެއަށް ގެއްލިފައިވާއިރު އަނެއްކާ މިއަދު މި އޮތީ އެދުވަހު ދަށްކުވައިދިން ފަދަ އެއްބައިވަންތަކަމަކަށް ގައުމު ބޭނުންޖެހެފައެވެ.
ދުނިޔޭގައި ހަލުވިކޮށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 މި އޮތީ އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެ އަށްވެސް އައިސްފައެވެ. މުޅި ސިއްޙީ ދާއިރާ ރައްޔިތުންގެ ޙައްގުގައި ފުރާނަ އަތްމައްޗަށް ލައިގެން ރެޔާއި ދުވާލު މަސައްކަތް ކުރަނީއެވެ. ރިސޯޓްތަކުގައި މަސައްކަތް ކުރަމުންދާ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.
ހަމަ އެފަދައިން ފަރުދީ ޒިންމާ ނަގާ އެއްބައިވަންތަ ބައެއްގެ ގޮތުގައި އަޅުގަނޑުމެން މި ބަލިމަޑުކަމުން ނަސްރު ހޯދުމަށް އަތުކުރި އޮޅާލަން އެބަޖެހެއެވެ. މި ދަނޑިވަޅުގައި ސަރުކާރާއި އެހެނިހެންވެސް ކަމާބެހޭ ވުޒާރާތަކުގެ ކުށްހޯދުމަށް މަަސައްކަތް ކުރާ ބަޔަކަށް އަޅުގަނޑުމެން ވެގެން ނުވާނެއެވެ. އޭގެ ބަދަލުގައި ކަމާބެހޭ ވުޒާރާތަކުން ދެއްވަމުންގެންދަވާ އިރުޝާދުތަކަށް ބޯލަނބަން އަޅުގަނޑުމެން އެބަޖެހެއެވެ. އެއްވެސް ފަރާތަކަށް ނުއުފުއްލެވޭ ވަރުގެ ބުރައެއް އެކަލާންގެ ނުޖައްސަވާނެއެވެ. އިލާހީ ޤާނޫނުގެ ނިޔާ މާ ފުރިހަމަވާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ރިފާޒަކީ ސަން އޮންލައިން އާއި ޗެނަލް 13 ގައި މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި ނޫސްވެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 18 ޖުލައި 2020ރިޕޯޓްމުޅި އާއިލާއާއި އަރިއަތޮޅުވެސް ޝާހުގެ އިންތިޒާރުގައި!
- 25 ޖޫން 2020ޚަބަރު“އަރި އަރި” އަށް ޖެހިލާ ސިމްބޮލިކްސް ގާދޫ ކޮލުން ބޭރަށް
- 2 ޖޫން 2020ޚަބަރުމުނިއަވަސް، ޤުރުއާން މުބާރާތުގެ ވީޑިއޯތައް ޝާއިޢުކުރި ފަހުންވެސް ބޮޑު ތަރުހީބެއް!
- 2 ޖޫން 2020ޚަބަރުމުނިއަވަސް ވާހަކަ މުބާރާތުގެ އެއްވަނަ “ތާދި” އަށް
yaameen ge pupetakah vegen ch 13 ga eyna ah sanaa kiyan feshyma agu vehttigen mihaaru aiss siyaasee ehchehi nuliye myhunge samaalukan hoadhan ijuthimaaiy report liyany adhivess Hama yaameen ge pupeteh thy .. bodu varu.