ފްރާންސް ގެ ޗެންޕިއަން ޕީއެސްޖީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފި އެވެ. ރޭ ޕީއެސްޖީ ގެ ދަނޑުގައި ބުރޯޝިޔާ ޑޯޓުމަންޑާ ދެކޮޅަށް މި ކުޅުނު މެޗު ޕީއެސްޖީ އިން ކާމިޔާބު ކޮށްފައި ވަނީ 2- 0 ގެ ނަތީޖާ އަކުންނެވެ.

ރައުންޑް އޮފް ސިކްސްޓީންގެ ފުރަތަމަ ކުރިމަތިލުމުގައި ޑޯޓުމަންޑުން ވަނީ 2-1 ގެ ނަތީޖާ އަކުން މެޗުން މޮޅުވެފައެވެ. ނަމަވެސް ދެ ވަނަ ކުރިމަތިލުމުގައި ޕީއެސްޖީ ގެ އަމިއްލަ ދަނޑުގައި ކުޅެ ޕީއެސްޖީ އިން ވަނީ 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ކޮށްފައެވެ. އެހެންކަމުން ޕީއެސްޖީ އިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައިވަނީ 2-3 ގެ އެގްރިގޭޓަކުންނެވެ.

ދަނޑުގައި އެއްވެސް ސަޕޯޓަރެއް ނެތި ކުޅެވުނު މި މެޗު ގެ ފުރުތަމަ ގޯލް ޖަހާފައި ވަނީ ޕީއެސްޖީ އިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗު ގެ 28 މިނެޓުގައި ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ، ބްރެޒިލްގެ ތަރި ނޭމާ އެވެ. ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނުނު އިރު މެޗު ގެ ދެވަނަ ގޯލު 45 މިނެޓް ހަމަވެ އިތުރަށް ދިން ވަގުތުގައި ޕީއެސްޖީއަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ލެފްޓު ވިންގާ ޖުއަން ބާނާޓްއެވެ.

މި މެޗުގައި ގިނަ ޝޮޓް ތަކެއް ޑޯޓުމަންޑުގެ ފަރާތުން އިދިކޮޅު ގޯލަށް ނުރައްކާ ކުރި އިރު ގޯލެއް ޖެހޭ ވަރެއް ނުވިއެވެ. ނަމަވެސް މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޑޯޓުމަންޑުންނެވެ. މެޗުގައި ދެ ޓީމުގެ ގިނަ ކުޅުންތެރިންތަކަކަށް ރީދޫ ކާޑު ދައްކާފައިވާއިރު ޑޯޓުމަންޑުގެ މިޑްފިލްޑާ އެމެރީ ޗޭން އަށް ވަނީ ނޭމާ އަށް ކުރި ފައުލަކާ ގުޅިގެން ރަތް ކާޑު ދައްކާ ފައެވެ.

މި މުބާރާތުގައި ލިވަޕޫލްއާ އެތުލެޓިކޯ ރޭގައި ވަރުގަދަ އޭންފީލްޑުގައި ކުޅެވުނު މެޗު ވަނީ 3-2 ގެ ނަތީޖާ އަކުން އެތުލެޓިކޯ އިން ކާމިޔާބު ކޮށް އެގްރިގޭޓު ނަތީޖާ 4-2 އިން މޮޅުވެ ކުއާޓާ އަށް ދަތުރު ކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.