ހަލުވިކަމާއެކު ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުންދާ ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގައި ސިއްޙި ކުއްލި ނުރައްކަލުގެ ހާލަތު، މިއަދުން ފެށިގެން 30 ދުވަހަށް ޢިއުލާނުކޮށްފިއެވެ.

އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާނުކުރައްވާ ސިއްހަތާ ބެހޭ ވަޒީރު އަމީން ވިދާޅުވީ އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވަނީ ބަލި ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ސަރުކާރުން މިހާރުވެސް އަޅާފައިވާ ކަމަށާއި އަދި ރާއްޖޭގެ ހާލަތު އެސެސް ކުރަމުން ދާކަމަށެވެ.

މި އިއުލާނާއި ގުޅިގެން ދެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

​ ކޮވިޑް 19 އަކީ “ޕެންޑަމިކް” (ބަލިމަޑުކަމެއް) ކަމުގައި ވޯލްޑް ހެލްތު އޯގަނައިޒޭޝަނުންވެސް ވަނީ ކަނޑައަޅައިފައެވެ. ކޮވިޑް 19 އަށް ރާއްޖެއިން ވެސް މިހާތަނަށް ވަނީ 8 ބިދޭސީން ފައްސިވެފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ސަޒްރާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.