ފެހެންދޫން ކޮވިޑް-19 އަށް ޝައްކުކުރެވުނު މީހާގެ ނަތީޖާ ނެގެޓިވް ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ. ފެހެންދޫ މިވަގުތުވެސް އޮތީ މޮނިޓަރިންގެ ހާލަތުގައި ކަމަށްވެސް އެޗްޕީއޭ އިން ހާމަކުރެއެވެ.

ފެހެންދޫގައި ހުރި ފަތުރުވެރިއެއް ކޮވިޑް-19 އަށް ޝައްކުކުރެވޭތީ، ފެހެންދޫ ޓްރޮޕިކަލް ވިލޭޖްގައި ކަރަންޓީނު ކުރީ ރޭގެ ވަގުތެއްގައެވެ. އެރަށަށް ޑޮކްޓަރުންގެ ޓީމު ގޮސް ސާމްޕަލް ނަގައި ޓެސްޓްކުރަން ސާމްޕަލް ފެނުވީވެސް ރޭގެ ވަގުތެއްގައެވެ.

ކޮވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން މާލޭގެ (މާލެ، ހުޅުމާލެ، ވިލިމާލެ) ގެސްޓްހައުސްތަކާއި، ސިޓީ ހޮޓެލްތަކަށް ބިދޭސީ ފަތުރުވެރިން ޗެކިންވުން ހޮނިހިރު ދުވަހުގެ ރޭ 12 އިން ފެށިގެން ހުއްޓާލުމަށް ވެސް އެޗްޕީއޭ އިން ވަނީ މިއަދު އަންގާފައެވެ.

މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ގެސްޓްހައުސްތަކާއި، ސިޓީ ހޮޓެލްތަކަށް ބިދޭސީ ފަތުރުވެރިން ޗެކްއިން ވުން ހުއްޓާލުމަށް އެންގުން

މީގެ އިތުރުން ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް ބަންދުކުރުމަށް އެޗްޕީއޭއިން އަންގައިފި އެވެ. އެޗްޕީއޭއިން ބުނީ މިފަދަ ހުރިހާ މަރުކަޒެއް މިއަދުން ފެށިގެން 2 ހަފްތާއަށް ބަންދުކުރުމަށް އަންގާކަމަށެވެ.

ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް ބަންދުކުރުމަށް އެންގުން

ރިސޯޓްތަކުން ރާއްޖޭގައި މީހުން ދިރިއުޅޭ އެއްވެސް މީހަކަށް ދަތުރު ކުރުމާއި، ރާއްޖޭގެ އެހެން ރަށްރަށުން ރިސޯޓްތަކަށް މީހުން ދަތުރުކުރުން މިއަދު 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށް އެޗްޕީއޭއިން އަންގާފައިވެއެވެ. މީގެ އިތުރުން އެހެން ރަށްރަށަށް ދަތުރުކުރުންވެސް މަދުކުރުމަށް ވަނީ އަންގާފައެވެ.

ރިސޯޓުތަކުން އެހެން ރަށްރަށަށް ދަތުރުކުރުން ހުއްޓާލުމަށް އެންގުން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.