ފުވައްމުލަކު ސިޓީގައި މިދިއަ ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބިގެން މާލެ ގެނެސް ފަރުވާ ދެމުން ދިޔަ މީހަކު ނިޔާވެއްޖެއެވެ.

އޭނާ ނިޔާވީ ސިކުނޑިއަށް ލޭ އެޅި ސިކުނޑީގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު ކަމަށް މައުލޫމާތު ލިބެއެވެ.

އެކްސިޑެންޓް ހިނގީ ހޮނިހިރު ދުވަހުގެ އިރުއޮއްސެން ކައިރިވެފައި ވަނިކޮށެވެ. އެކްސިޑެންޓް ހިނގީ އޭނާ ދުއްވަން އިން ސައިކަލްގައި އެހެން ސައިކަލެއްގައި ޖެހިގެންނެވެ. އޭރު ހަސަން އަހްމަދުގެ ސައިކަލްގެ ފަހަތުގައި ވެސް މީހަކު އިނެވެ. އޭނާ އަށް ވެސް އަނިޔާތަކެއް ލިބުނެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ރިފާޒް
ރިފާޒަކީ ސަން އޮންލައިން އާއި ޗެނަލް 13 ގައި މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި ނޫސްވެރިއެކެވެ.