ރާއްޖެ އިން ވެސް ކޮރޯނާވައިރަސް ފެނިފައިވާއިރު އެ ނުރައްކަލުން އަރައިގަތުމަށް ރާއްޖެ އިން އެންމެ ބޮޑަށް ބޭނުންވާ ތަކެތީގެ ތަފްސީލީ ލިސްޓެއް އެކުލަވާލާފައިވާ ކަމަށް ޗައިނާ އިން ބުނެފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ އިއްޔެ ބައްދަލުކުރެއްވުމަށް ފަހު، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒާން ލިއޮން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮރޯނާވައިރަސް އާއި އެ ވައިރަސް އިން ޖެހޭ ބަލި ކޮވިޑް-19 އާ ހަނގުރާމަ ކުރުމަށް އެންމެ ބޮޑަށް ބޭނުންވާ ތަކެތީގެ ލިސްޓެއް އެކުލަވައިލުމަކީ ރާއްޖެ އަށް އެހީވުމުގެ މަސައްކަތުގެ ފެށުން ކަމަށެވެ.

“އަދި މިއީ ގުޅިގެން ކުރާ މަސައްކަތުގެ ހަމަ އެންމެ ބައެއް،” ސަފީރު ވިދާޅުވި އެވެ.

ޗައިނާގެ ސަފީރު މިހެން ވިދާޅުވީ، ދެ ބޭފުޅުންގެ ބައްދަލުވުމަށް ފަހު، ޝާހިދު ކުރެއްވި ޓްވީޓެެއް ރިޓްވީޓް ކުރައްވަމުންނެވެ. ޝާހިދުގެ ޓްވީޓްގައި ވެސް ވިދާޅުވެފައި އޮތީ ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭން ކުރާ މަސަައްކަތަށް ޗައިނާ އިން އެެހީތެރިވުމާ މެދު ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ރިފާޒް
ރިފާޒަކީ ސަން އޮންލައިން އާއި ޗެނަލް 13 ގައި މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި ނޫސްވެރިއެކެވެ.