ކަރަންޓީންކޮށް ނުވަތަ އެކަހެރި ކޮށްފައި ހުރި މީހަކު އުސޫލާ ޚިލާފަށް އާންމުންގެ ތެރެއަށް ނުކުތުމަކީ ކުށެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
އެކަމާ ގުޅިގެން ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވަނީ ފަރުވާލެއް ނެތި ކުރާ ކަމަކުން އެހެން މީހަކު މަރުވެދާނެ ކަމުގެ ނުވަތަ ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިިރެއް ކުރިމަތި ކުރުވުމަކީ ގާނޫނުލް އުގޫބާތުގެ ދަށުން ކުށެއް ކަމަށެވެ. އަދި ކަރަންޓީންކޮށްފައި ހުއްޓާ ގިނައިން އާންމުން ދާ ތަނަކަށް ގޮސްފި ނަމަ، އެއީ އިންސާނާގެ ފުރާނަ އަށް ފަރުވާލެއް ނެތް ގޮތަކަށް ކުރި އަމަލެއް ކަމަށް ގާނޫނުލްއުގޫބާތުގެ ދަށުން ބެލިދާނެ ކަމަށް ވެސް އޭނާގެ ޓްވީޓްގައިވެ އެވެ.
ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ހުރި 13 މީހަކު ރާއްޖެ އިން ފެނުމުން މުޅި ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކޮށް، ޚާއްސަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އަދިި އެ ވައިރަސްގެ އަލާމާތްތައް ހުރި ބައެއް މީހުން ކަރަންޓީން ކުރުމުގެ އިތުރުން ގޭގައި އެކަހެރި ވެސް ކޮށްފައިވެ އެވެ. އެކަމަކު އުސޫލާ ޚިލާފަށް އޭގެ ތެރެއިން ބައެއް މީހުން އާންމުންގެ ތެރެއަށް ނުކުންނަ ކަމުގެ ޝަކުވާ ލިބެމުންދެ އެވެ.
ގާނޫނުލް އުގޫބާތު ބުނާގޮތުން، ފަރުވާލެއް ނެތިި ކުރާ ކަމަކުން މީހަކު މަރުވެދާނެ ކަމުގެ ނުވަތަ އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުވައިފި ނަމަ، އެއީ ޖުނަހްގެ އެއް ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލަށްލުމެވެ.
ޤޢ ގެ 120(ހ): މީހަކު ފަރުވާލެއްނެތި ކުރާ ޢަމަލެއްގެ ސަބަބުން، (އެހެން)މީހަކަށް، އޭނާ މަރުވެދާނެކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވައިފިނަަމަ، އެ ޢަމަލު ހިންގި މީހާ އެކުރަނީ ކުށެކެވެ. @PoliceMv @niyaf @HPA_MV @Faisalnaifaru https://t.co/vBX6qPZCAz
— Hussain Shameem (@HuShameem) March 16, 2020
ލިޔުންތެރިޔާގެ ފުރަމަލަ
- ރިފާޒަކީ ސަން އޮންލައިން އާއި ޗެނަލް 13 ގައި މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި ނޫސްވެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 18 ޖުލައި 2020ރިޕޯޓްމުޅި އާއިލާއާއި އަރިއަތޮޅުވެސް ޝާހުގެ އިންތިޒާރުގައި!
- 25 ޖޫން 2020ޚަބަރު“އަރި އަރި” އަށް ޖެހިލާ ސިމްބޮލިކްސް ގާދޫ ކޮލުން ބޭރަށް
- 2 ޖޫން 2020ޚަބަރުމުނިއަވަސް، ޤުރުއާން މުބާރާތުގެ ވީޑިއޯތައް ޝާއިޢުކުރި ފަހުންވެސް ބޮޑު ތަރުހީބެއް!
- 2 ޖޫން 2020ޚަބަރުމުނިއަވަސް ވާހަކަ މުބާރާތުގެ އެއްވަނަ “ތާދި” އަށް