ކޮވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މެލޭޝިޔާއާ އިނގިރޭސިވިލާތުން މީހުން ރާއްޖެ އައުން މަނާކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

“އިނގިރޭސި ވިލާތުން މިމަހުގެ 19 ވަނަދުވަހުގެ 00:00 އިން ފެށިގެން ރާއްޖެއަށް އެތެރެވުމަށް ރެސްޓްރިކްޝަންއެއް ރާއްޖެއިން މި އިޢުލާނުކުރަނީ. މީގެ ފަހުން އިނގިރޭސިވިލާތުން ޓްރާންސިޓްވެގެން އަންނަ އެއްވެސް ބިދޭސީއަކަށް ރާއްޖެއަށް ނުވަދެވޭނެ. އަދި ރާއްޖެ އަންނަ ދިވެހިން އަންނާނީ 14 ދުވަހުގެ ކަރަންޓީނަކަށް. އަދި މިރޭ 18:00 އިން ފެށިގެން ވަގުތީ ޓްރެވެލް ރެސްޓްރިކްޝަންއެއް މެލޭޝިއާއަށް ވެސް އަންނާނެ.” މިއަދު މެންދުރު ދަރުބާރުގޭގައި ނޫސްވެރިންނަށް މައުލޫމާތުދެެއްވަމުން ރައީސް އޮފީހުގެ އަންޑަރ ސެކެރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވިއެވެ.

ކޮވިޑް-19 ދުނިޔޭގައި ފެތުރެން ފެށުމާއި އެކު އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ޗައިނާއިން މީހުން ރާއްޖެ އައުން މަނާކުރިއެވެ. އެއާއި އެކު އޭގެ ފަހުން އިރާން، ކޮރެޔާ، ޖަރުމަން އަދި ސްޕެއިން އިން މީހުން އައުން ވަނީ މަނާކޮށްފައެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރުން މިހާރު ވަނީ 9 ޤައުމަކުން ރާއްޖެއަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.