ކޮވިޑް19 އަށް އާއްމުން ހޭލުންތެރިކުރުވައި މުނިފޫހިފިލުވައިދިނުނަށް ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި މިއުޒިކީ ފަންނާނުން ‘ކޮރަންޓިއުންސް ހޭޝްޓެގް’ގެ ދަށުން ފެށި ހަރަކާތުގައި ދިވެހި މިއުޒިކީ ފަންނާނުން ވެސް ބައިވެރިވެއްޖެއެވެ.
މި ހަރަކާތް ރާއްޖޭގައި ފެށީ ޒުވާން ލަވަކިޔުންތެރިޔާ އަންޔާ ހަލީމް އެވެ.
‘#ކޮރަންޓިއުންސް’ ގައި ލަވަ ހުށައަޅައި ކޮވިޑް19 އަށް ހޭލުންތެރިކުރުވަމުން އަންނަ ދިވެހި މިއުޒީޝަން ޒަކިއްޓެ މުނިއަވަސް އަށް ބުނީ މިއީ ގޭގައި ތިބެގެން އިންސްޓަގްރާމް، ޓްވިޓަރ އަދި ފޭސްބްކްގައި ލައިވް ޖައްސައިގެން އާޓިސްޓުން އެމީހުންގެ ފޭނުން މުނިފޫހިފިލުވައިދިނުމަށް ހިންގާ ހަރަކާތެއް ކަމަށެވެ.
އެގޮތުން މިމަހުގެ 18 ވަނަ ދުވަހުގެ ޕާފޮމަންސްގައި ދިވެހި ލަވަކިޔުންތެރިންގެ ތެރެއިންގެ ތެރެއިން އަންޔާ ހަލީމް އަދި ޝައްމޫން މުޙައްމަދު އެމީހުންގެ ފޭނުންނަށް އިންސްޓަގްރާމް ލައިވް ޝޯއެއް ދިނެވެ. ހަމަ އެހެންމެ މިމަހު 19ގައި ޒަކިއްޓެގެ ޕާފޮމަންސް ލައިވްކޮށްފައިވާކަމަށް ޒަކިއްޓެ ބުންޏެވެ.
މިރޭ 10:00ގައި މަޤްބޫލު ލަވަކިޔުންތެރިޔާ ޝަލަބީގެ ޝޯ، އޭނާގެ އިންސްޓަގްރާމް ލައިވް އިން ޖައްސާނެއެވެ.
ޒަކިއްޓެ ބުނީ ލަވަ ގެނެސްދޭއިރު، ދެ ލަވައިގެ ދެމެދުން ކޮވިޑް19 އިން ރައްކާތެރިވުމަށް އަތް ދޮންނަންވީ ގޮތްތަކާއި އެހެނިހެން ޞިއްހީ މަޢުލޫމާތާއި ޓިޕްސްތައް ހުރިހައި ފަންނާނުންވެސް ދެމުން ގެންދާނެ ކަމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ސެޕްޓެމްބަރ 2024ޚަބަރު“ދޭދަރު ރުއިން” ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
- 19 ސެޕްޓެމްބަރ 2024ޚަބަރު“އުދަބާނި” މިރޭ އޮލިމްޕަހަށް
- 17 ސެޕްޓެމްބަރ 2024ޚަބަރު“ބިބީ” ގެ ޓިކެޓް ވިއްކަން ފަށައިފި
- 16 ސެޕްޓެމްބަރ 2024ރިޕޯޓްބުލީގެ ޝިކާރައެއް! އެހަނަސް، މިއީ ފިސާރި ހުނަރުވެރިއެއް!
Adhives music dhw kulhen vee dhn vx thubaa ve heyo magah rujoo ve bala heyonuvaane