ބުރެޒިލް ގެ ހުނަރުވެރި ތަރި، ނޭމާ ޖޫނިއަރ އޭނާގެ ކުރީގެ ކުލަބު ކަމަށްވާ ބާސެލޯނާ އަށް ބަދަލުވުމަށް އެއްބަސްވުމަކަށް އަތުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ކުޅިވަރު ޚަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ “ސްޕޯޓް” އިން ރިޕޯޓުކުރި ގޮތުގައި ޕީއެސްޖީ އިން ދާދިފަހުން ނޭމާ އަށް ހުށަހެޅި އަގުބޮޑު ކޮންޓްރެކްޓަށް އޭނާ ވަނީ ނޫނެކޭ ބުނެފައެވެ.
މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ނޭމާގެ ސޮއި ހޯދުމަށް ބާސެލޯނާ އިން ކުރި މަސައްކަތް ނާކާމިޔާބުވީ ނަމަވެސް، މިއަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ނޭމާގެ ސޮއި ހޯދުމަށް ކުރެވެންހުރި ކޮންމެ މަސައްކަތެއް ބާސެލޯނާ އިން ކުރާނެކަމަށް ބެލެވެއެވެ. ނޭމާގެ ސޮއި ހޯދުމަށް ބާސެލޯނާ އިން މަސައްކަތްކުރާ އެންމެ ބޮޑު އެއް ސަބަބެއް ކަމުގައި ބެލެވެނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީ އެކަމަށް ވަރަށް ބޮޑަށް ބާރު އަޅަމުން އަންނާތީ ކަމަށް ޚަބަރުތައް ބުނެއެވެ.
މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ “މުންޑޯ ޑިޕޯޓިވޯ” އިން ރިޕޯޓުކުރި ގޮތުގައި މިއަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ނޭމާ ހޯދުމަށް ބާސެލޯނާ އިން ފިލިޕޭ ކޫޓީނިއޯ އަދި އޮސްމާން ޑެމްބެލޭ ބޭނުންކުރާނެއެވެ. އެގޮތަށް ޕީއެސްޖީ އިން އެއްބަސްނުވެއްޖެނަމަ، އެ ދެ ކުޅުންތެރިން އެހެން ކުލަބަކަށް ވިއްކާލުމަށްފަހު، ލިބޭ ފައިސާ ނޭމާގެ ސޮއި ހޯދުމަށް ބޭނުންކުރާނެއެެވެ.
އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން ލޯނެއްގެ ދަށުން ބަޔާން މިއުނިކަށް މިހާރު ކުޅެމުން އަންނަ ކޫޓީނިއޯ ބަދަލުވުން އެންމެ ގާތީ އިނގެރޭސި ގަދަ ބާރު ޗެލްސީ އަށެވެ. ބާސެލޯނާ އަށް ބަދަލުވިފަހުން އަނިޔާގެ ޝިކާރައަކަށްވެ، އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، ޒުވާން ހުނަރުވެރި ފޯވާޑު ޑެމްބެލޭ އަށް ވެސް ގިނަ ކުލަބުތަކުގެ ހުށަހެޅުން ލިބޭނެކަމަށް ބެލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި