އާސަންދައިގެ ދަށުން ބޭސްފަރުވާއަށް، އިންޑިއާއަށް ގޮސްތިބި ދިވެހިންގެ ތެރެއިން ޤައުމަށް ނާދެވިފައި ތިބި ދިވެހިން، އަނބުރާ  އާދެވެންދެން އިންޑިއާ ގައި ތިބުމާއި، ކެއުމަށް ދާ ޚަރަދު ސަރުކާރުން ހަމަޖައްސާގޮތަށް ނިންމައިފިއެވެ.

އާސަންދައިން މީސްމީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާގޮތުގައި އާސަންދައިގެ ދަށުން އިންޑިއާގައި ބޭސްފަރުވާ އަށް ގޮސް ތިބި ދިވެހިންގެ ތިބުމާއި, ކެއުމުގެ ޚަރަދުތައް ހަމަޖައްސާނީ އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ބެލުމުގެ ދަށުން އާސަންދައާއި އެންސްޕާ ގުޅިގެންނެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އާސަންދައިން ހާމަކޮށްފައިނުވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.