ނަޕޯލީ އަށް 2018 ވަނަ އަހަރު ބަދަލުވުމަށްފަހު، މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ހުނަރުވެރި މިޑްފިލްޑަރ ފަބިއަން ރުއިޒް އަށް ލިވަޕޫލް އިން ފާރަލަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އުމުރުން 23 އަހަރުގެ ޒުވާން، ހުނަރުވެރި މިޑްފިލްޑަރ ހޯދުމަށް ސްޕެއިންގެ ގަދަ ބާރުތައް ކަމަށްވާ ބާސެލޯނާ އަދި ރެއާލް މެޑްރިޑުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ނިމިދިޔަ ޓްރާންސްފަރ ބާޒާރުތަކުގައި ލިވަޕޫލް އިން މާބޮޑު ޚަރަދެއް ކޮށްފައި ނުވުމާއި އެކު، ރުއިޒް ގެ ސޮއި ހޯދުމުގެ ފުރުޞަތު އެޓީމަށް ބޮޑު ކަމަށް ޚަބަރުތައް ބުނެއެވެ. އިނގެރޭސި ވިލާތުގެ ނޫހެއް ކަމަށްވާ “އެކްސްޕްރެސް” އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސްޕެއިންގެ ޒުވާން ތަރި ރުއިޒް އަކީ ލިވަޕޫލްގެ ކޯޗު ޖާގެން ކްލޮޕް އެންމެ ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އޮތް ކުޅުންތެރިއެކެވެ.
ރެއާލް ބެޓިސް އިން 2018 ވަނަ އަހަރު 27 މިލިއަން ޕައުންޑުގެ އަގަކަށް ނަޕޯލީ އަށް ބަދަލުވި ރުއިޒް އަކީ ނަޕޯލީ ގެ މެދުތެރޭގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިޔާއެވެ. އޭނާގެ ހުނަރާއި، ކުޅުމުގެ ވައްޓަފާޅީގެ ސަބަބުން ޔޫރަޕުގެ ބޮޑެތި ކުލަބުތަކުގެ ޝައުގުވެރިކަން އޭނާ އަށް ވަނީ ލިބިފައެވެ. “އެކްސްޕްރެސް” އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ނަޕޯލީ އިން ރުއިޒް ވިއްކާލުމަށް އެއްބަސްވާނީ ގާތްގަނޑަކަށް 74 މިލިއަން ޕައުންޑުގެ އަގަކަށެވެ.
ފަބިއަން ރުއިޒް ގެ އޭޖެންޓް އަލްވާރޯ ޓޯރެސް ސްޕެއިންގެ ނޫސް މަޖައްލާ “މާސާ” އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވާގޮތުގައި ކޮރޯނާ ވައިރަސްގެ ސަބަބުން އޭނާގެ މަސައްކަތައް އެއްވެސް ހުއްޓުމެއް ނާންނަކަމަށާއި، މިހާރުވެސް އެކި ކުލަބުތަކާއި އެކު ފޯނުން މަޝްވަރާތައް ކުރިއަށް ގެންދާކަމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި