ނުވަދިހައިގެ އަހަރު ތަކުގައިި ބޮލީވުޑުގައި އެންމެ ގަދަޔަށް ވިދާލި ބަތަލާ ކަރިޝްމާ ކަޕޫރް، އޭނާގެ ކޮއްކޮ އަދި ބަތޮލާ ކަރީނާއާއި އެކު ސްކްރީން ހިއްސާ ކޮށްލަން ބޭނުންވެފައި ހުރި ކަަމަށް ބުނެފިއެވެ. ނަމަވެސް އެވަރުގެ ސްކްރިޕްޓެއް އަދި ލިބިފައި ނުވާއިރު ދެމީހުން އެކުުގައި މަސައްކަތް ކުރާވަރުގެ ވަރުގަދަ ސްކްރިޕްޓެއް ހެދުމަކީ ކަރިޝްމާ ގަަބޫލު ކުރާގޮތުގައި ވަރަށް ބޮޑު މަސައްކަތަކަށް ވާނެއެވެ.

ދެ މިީހުންނަށް އެކުގައި މަސަައްކަތް ކުރެވޭނީ ވަރަށް މޮޅު އަަދި ދެމީހުންނަށްވެސް ގަބޫލުކުރެވޭ ފެންވަރުގެ ސްކްރިޕްޓެއް ލިބުމުން ކަމަށް ކަރިޝްމާ ބުނެފައިވެއެވެ. އަދި އެފަދަ މޮޅު ސްްކްރިޕްޓެއް ހޯދަން ތައްޔާރަށް ހުރިކަމަށްވެސް ކަރިޝްމާ ބުނެފައިވެއެވެ.

“އުންމީދު ކުރަން ކޮންމެސް ފަރާތަކުން މޮޅު ވާހަކައެއް ހިފައިގެން އަހަރެމެން ކައިރިއަށް އަންނާނެކަމަށް. ޔަޤީން އަހަރެމެން ދެމީހުން މިތިބީ އެކުގައި މަސައްކަތް ކުރަން ތައްޔާރަށް.”

ކަރިޝްމާ ކުޅުނު ވެބް ސީރީޒް “މެންޓަލްހުޑް” ދާދި ފަހުން ވަނީ އެކްތާ ކަޕޫރުގެ ޑިޖިޓަލް ޕްލެޓްފޯމް ‘އޯލްޓް ބާލާޖީ’ އަދި ‘ޒީ5’ އިން ދަށްކަން ފަށާފައެވެ. މި ސީރީޒްގައި ދައްކުވައިދެނީ ފިރިމީހާގެ ފަރާތުން މާބޮޑު އަޅައިލުމެއް ނުލިބި ތިން ދަރިން ބަލަމުން ގޭގެ ހުރިހާ ޒިންމާތަކެއް ނަގަން ޖެހުމުން އަންބަކަށް ދިމާވާ ކަންކަމެވެ.

ކަރިޝްމާ އެންމެ ފަހުން ލީޑްރޯލަކުން ފެނިގެންދިޔަ ފިލްމަކީ 2012 ވަނަ އަހަރު ނިކުތް “ޑޭންޖަރަސް އިޝްގް” އިންނެވެ. އެކަމަކު މި ފިލްމަކީ ބެލުންތެރިނަށް އެހާ ކަމުދިޔަ ފިލްމަކަށް ނުވިއެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެ، ގައުމީ އެވޯޑްވެސް ހޯދައިފައިވާ ކަރިޝްމާ، 45، ގެ ކުރިއަށް ހުރި އެއްވެސް ފިލްމީ މަސައްކަތެއް އަދި މީޑިޔާއަކާ ހިއްސާކޮށްފައެއް ނުވެއެވެ. ކަރީނާ މިވަގުތު މަސައްކަތް ކުރަމުންދަނީ އާމިރު ޚާންގެ “ލާލު ސިންގ ޗައްޑާ” ގައެވެ.

ބޮލީވުޑްގެ ކާމިޔާބު ދެ ބާތަލާއިން އަދި ދެބެން އެކުގައި ފިލްމަކުން ފެންނާނެ ދުވަހަކަށް ބެލުންތެރިން ކުރާ އުއްމީދުވެސް ވަރަށް ބޮޑެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނަބީލް މުޙައްމަދު
މައިގަނޑުގޮތެއްގައި ނަބީލް ލިޔާނީ ފިލްމީ ޚަބަރާއި މަޢުލޫމާތެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ނަބީލްގެ ގަލަން ފަރިތައެވެ.