ހައިރާންވެ އަންތަރީސް ވެއްޖެއެވެ. މި ފެންނަނީ ކޮންކަހަލަ މަންޒަރުތަކެއް ހެއްޔެވެ؟ ދިވެހިން ދިވެހިންގެ ‘ކޫލް’ކަން މަތީގައި ތިއްބަސް މިއީ ދެން ބޮޑުވަރެވެ. މާލޭގެ މަގުތަކުގައި މެއްސެއް ކީއްކުރަން، މާބުރެއް ވެސް ނޫޅެއޭ ކިޔަގެން މި އިވެނީ ހުސް ފުލޯކު ވާހަކައެވެ. މިހާރު، މަގުމަތަކުގައި ދެ އަރިއަކަށް މި ދުއްވަނީ ވަޒީފާއަށް ދާން ހެއްޔެވެ؟ ނޫނީ ހަމަ ހިތްހަމަ ޖައްސާލުމަށް ހެއްޔެވެ؟ މިހާރު މާ ޒިންމާތައް ގިނަވެ ދާންޖެހޭ ތަންތަން ގިނަވީކަމަށް ވެސް ވެދާނެއެވެ. ސަރުކާރު ބަންދުކުރުމުން ލިބުނު ފައިދާ އަކީ ކޮބައިތޯއެވެ؟

ކޮވިޑް19 ނުވަތަ ކޮރޯނާ ވައިރަހުގެ ބާލާއާފާތުގެ ގިލަންވެރިކަމުގައި މުޅި ދުނިޔެ ކުރުފައި ޖަހައިގެން އޮތް އިރު އަޅުގަނޑުމެންނަށް ލިބިގެންދިޔައީ މިފަދަ ދުވަސް ވަރެއްގައި ލިބޭނޭ އެންމެ އުފާވެރި އެއް ޚަަބަރެވެ. ދިވެހިރާއްޖެއިން މި ރޯގާއަށް ފައްސިވީ 13 ބިދޭސީންގެ ތެރެއިން 3 މީހަކު ރަނގަޅުވުމެވެ. ކިހައި ހިތަށް ފަސޭހަ ބަސްކޮޅެއް ތޯއެވެ.

މި ޚަބަރާއެކު ދިވެހިންނަށް ލިބިގެން ދިޔަ އުފާވެރި ކަމާއެވެ. މި ވަގުތުގައި ވެސް ކިރިޔާ ހިންދެމިލަންވީ އެ ޑޮކްޓަރުންނާއި ނަރުހުންކަން މުޅިން އޮޅި ދިވެހިންނަށް މާ އެނގެން ފެށީއެވެ. ސަބަބަކީ މި ބޭފުޅުންގެ ހާސްކަމާއި ބިރުވެރިކަން މުޅިން ފިލައި ގޮސް ‘ ލޮކްޑައުންގެ’ ލޮކް އަންލޮކް ވެފައިވާތީ އެވެ. ބޭނުންތައް ‘ޒަރޫރީ’ ބޭނުންތަކަށް ވެފައިވާތީ އެވެ.

ސައިކަލުތަކާއި ކާރު ތަކުގެ އަޑު ގަދަވާން މާގިނައިރު ތަކެއް ނުވަނީސް މަގުތައް އެއް އަޑު ކޮށްލީމައެވެ. ފަރިފަރި ފަރިން ހިނގާ ޖިންސުންލަތީފުން ވެސް މަގުތަކަށް ގިނަ ކޮށްލީމައެވެ. ބިރުގެ ކަންފުޅެއް ވެސް ނުހައްދަވަނީ ހެއްޔެވެ؟ 3 މީހުން ރަނގަޅު ވުމަކީ ދެން ތިބި މީހުން ރަނގަޅުވާނެކަމެއް ކަމަށް ކުރެހިގެން ދިޔަ މަންޒަރެއް ކަމަށް މިވެރިންނަށް ސިފަކުރެވުނީމައެވެ. ތަންކޮޅެއް ތިލަކޮށް ދަންނަވަނީ ނަމަ މާބޮޑަށް އެނގުނީއެވެ.

ޑަކުޓަރުންނާއި ނަރުހުންނަށް މި ލިބިގެންދިޔަ ކުޑަ ކާމިޔާބީ ފާހަގަ ކުރަނީ ދެން ތިބި ބޭފުޅުންނެވެ. ކަންކަން ދަންނަ ބޭފުޅުން އަދި ގޭގައި މަޑު ކޮށްލުމަށް ގޮވައި އާދޭސްކޮށް ދަނޑިމާރު އަޅަންޖެހޭ ހިސާބަށް ކަންތައްތައް ގޮސްފައިވާ އިރު މި މީހުނަށް ކޮން ކަމެއް ހެއްޔެވެ؟ ދިވެހިރާއްޖެއަށް މި ތޫފާނުގެ ގަދަ ރޯޅިތައް އައިސްދާނެކަމަށް، ކަމުގެ މާހިރުން ގޮވައިލަނީ އެކަމުގައި ވަރަށް ނުރައްކާތެރި ހިކުމަތްތަކެއް ހުރީމައެވެ. ކޮމިއުނިޓީ ޓްރާންސްމިޝަން އެއް މި ރާއްޖެއަށް އައިސްދާނެކަމުގެ ބިރަށް ޓަކައެވެ. މިއީ ގޮތްނޭނގޭ ގޮތަށް ވައިރަސް ފެތުރިގެން ދިއުމެވެ. މި ހާލަތަށް ދިއުމުގެ ކުރިން ރައްކާތެރިކަން އިސްކުރާށެވެ. ޕްރެސް ތަކުގައި ކިޔާހައި ވާހަކައެއް އަކުރުން އަކުރަށް ބަޔާންކުރަމުން ދާއިރު މި މަސައްކަތަށް ކުޑަ ނަމަވެސް އިޙްތިރާމެއް ކޮށްބަލާށެވެ.

ދިވެހިރާއްޖެގައި މި ވައިރަހަށް މަދު މީސްކޮޅަކު ފައްސި ވެފައިވާއިރު މުޅި ދުނިޔޭގެ ހާލަތަށް ބަލާލާށެވެ. އަޖައިބުން އަންތަރިީސްވެއްޖެއެވެ. އެޔޮއް ބޮޑު އިޓަލީގައި އެއް ދުވަހުން 800އެއްހާ މީހުން މި ބަލީގައި ދުނިޔެ ދޫކޮށް ދިޔައީއެވެ. ބައްޔަށް ފައްސިވާ ކޭސްތައް އިތުރުވާ އިރު ހީވަނީ މުޅި އިޓަލީ ހުސްކޮށްލައިފާނެ ހެންނެވެ. މިއީ އަދި ދިވެހިރާއްޖެ ނޫން ކަމުގައި ވިޔަސް ވަރިހަމަ އެވެ. ދުނިޔޭގެ ކޮންމެ ކަނަކަށް ކުރިމަތިވާ ކޮންމެ ގޮންޖެހުމަކީ މި ކުޑަކުޑަ ފަސްގަނޑަށް ވެސް ވެރިވާނޭ ގޮންޖެހުމެއްކަން ހަދާން ކުރާށެވެ. އަދި ވެސް މި ރޯގާގެ އަސަރު ދިވެހި ރާއްޖޭގެ ފަސްގަޑުގައި ވަކިހިއްޕާލާނެ ކަމާމެދު ކަމުގެ މާހިރުން އެ ދަނީ ގޮވަމުންނެވެ.

މި ދަނޑިވަޅުގައި ގޭގައި ތިބެ މި ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދޭ ފަރާތްތަކަށް ނިހާޔަތަށް ޝުކުރުވެރިވަމެވެ.
ލޮކްޑައުން ކުރުމަށް ކަރު ބުޑުން ގޮވާއިރު އަމަލުން އެކަން ދެއްކޭ ހެއްޔެވެ؟ ގޭގައި އަރާމުކަމާއެކު އާއިލާއާ އެކުގައި ތިބެލަން މި ލިބެނީ ރަނުގެ ފުރުސަތަކަށްވާއިރު މިހާރު އާއިލާއާ އެކުގައި ހޭދަ ކުރަންޖެހޭ ވަގުތު މުހިއްމު ނޫނީ ހެއްޔެވެ؟ ކަމުގެ އިދިކޮޅަށް ނޫޅެ ޒިންމާދާރު ވާން ހިނގާށެވެ. އޭރުން މާ ‘ކޫލް’ކޮށް އުފާފާޅު ކުރާނެ ދުވަސް އިރާދަކުރެއްވިއްޔާ އަންނާނެކަމާމެދު ޝައްކެއް ނުކުރަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.