މިހާރު މުޅި ދުނިޔެއަށް ބޯމަތިވެފައިވާ ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް19)އާ ގުޅިގެން ދުނިޔޭގެ އެކި ޤައުމުތަކުގެ ގިނަ ވިޔަފާރިތަކެއް މިވަނީ މުޅިން ހުއްޓި ފިހާރައިގެ ދޮރު އެކީއެކަށްޗަކަށް ބަންދުކުރަން މަޖުބޫރުވެފައެވެ.

ދިވެހިރާއްޖެއަށް ވެސް މި ލޮޅުން އައިސްފައިވާ ނާޒުކު ދަނޑިވަޅެއްގައި ގިނަ ބަޔަކު ދަނީ މިކަން ކުރެވޭނޭ އިތުރު ދޮރެއް ފެނޭތޯ ބަލަމުންނެވެ. މި ނުރައްކާތެރި ބަލިން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވީހާވެސް ގިނަ ވަގުތު ގޭގައި މަޑުކުރުމަށް ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ހުއްޓުމެއްނެތި އަންގަމުންދާ ދަނޑިވަޅެއްގައި ވިޔަފާރި ހިންގުމާއި ރައްޔިތުންނަށް އެކި ވަރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މި ވަނީ އިންތިހާއަށް ދަތިވެފައެވެ.

މި ހާލަތުގައި ވިޔަފާރިތައް ހިންގުމާއި މި ވިޔަފާރިތަކުން އާންމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނާ އެއްގޮތަށް ޑިޖިޓަލް ވެގެންދިއުމަކީ ވިޔަފާރިވެރިންނަށް ވެސް އަދި އާންމު ރައްޔިތުންނަށް ވެސް މިފަދަ ވަގުތެއްގައި ވަރަށް ފަސޭހަ ވެގެން ދާނެ އަދި މަންފާގެ ގޮތުން ބެލިއަސް ވަރަށް މުހިންމު ފިޔަވަޅެކެވެ.

1995ން ފެށިގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސޮފްޓުވެއާގެ ޚިދުމަތް ދެމުން އަންނަ ފިއެސް ސިސްޓަމްސްއިން ވަނީ ރައްޔިތުންނަށް ފަސޭހަކަމާއެކު ވިޔަފާރި ކުރެވޭނެ މަގު ތަނަވަސްކޮށްދީފައެވެ. ފިއެސް ސިސްޓަމްސް އަކީ ދިވެހިރާއްޖޭގެ އިތުރުން އިންޑިއާ، ސްރީ ލަންކާ، ޔޫއޭއީ އަދި އޮސްޓްރޭލިއާގެ ވިޔަފާރިތަކުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަމާއިއެކު އެ ކުންފުންޏެއްގެ ޚިދުމަތް ތަޖުރިބާ ކުރަމުންދާ މަޤްބޫލު ފަރާތެކެވެ.

ރާއްޖޭގެ ސޮފްޓުވެއާގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނި ކަމުގައިވާ ފިއެސް ސިސްޓަމްސް އިން މިހާރު ދިނުމަށް ހަމަޖެހިފައިވާ ޚިދުމަތައް ވަރަށް ވެސް ސަޅިވެފައި ތަފާތެވެ. އެގޮތުން ފިހާރަތަކާ ރައްޔިތުންނާއި ގުޅުވައިދީ، ފިހާރަތަކާއި ރެސްޓޯރެންޓު ފަދަ ތަންތަނުން ފަސޭހަކަމާއެކު އެ ބޭފުޅުންގެ ކަސްޓަމަރުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެދިނުމުގެ ގޮތުން ހިލޭ އޮންލައިން ވިޔަފާރި އެޕްލިކޭޝަން އަދި ޑެލިވަރީ އެޕްލިކޭޝަން އެޅުމާއި ސެޓަޕް ހަދައި ބޭނުންކުރެވޭނެ ނިޒާމެއް ވަނީ ހަމަޖައްސާފައެެވެ. މިއީ މިފަދަ ވަގުތެއްގައި ރައްޔިތުން އިންތިހާއަށް އެންމެ އެދޭނެ ޚިދުމަތްތަކެވެ.

ފިއެސް ސިސްޓަމްސްއިން މައުލޫމާތު ދެއްވި ގޮތިގައި މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ ޕޮއިންޓު އޮފް ސޭލްސް އަށް އައިޓަމްސްތަކާއި ބޭނުންވާ މައުލޫމާތު އަޅާލުމުން އިތުރު އެއްވެސް ސެޓަޕެއް (ވެބްސައިޓެއް)ގެ އެހީއަކާ ނުލައި، ޑެލިވަރީ އޯޑަރާއި އޮންލައިން ޕޭމެންޓު ފަސޭހަމާއެކު ދެއްކޭނެ ގޮތަށެވެ. މީގެ އިތުރުން ވެސް މިހާރު ރާއްޖޭގައި ގިނަ ބަޔަކު ބޭނުންކުރަމުންދާ ޕޭމެންޓު އޮން ޑެލިވަރީ ވެސް މި އެޕްލިކޭޝަންގައި ހިމަނާފައިވާއިރު ވިންޑޯސް، އެނޑްރޮއިޑް އަދި އައިއޯއެސްގައި ވެސް މި ޚިދުމަތް ބޭނުންކުރެވޭނެ އެވެ.

މި ސޮފްޓުވެއާގެ ޚިދުމަތް ހޯދުމަށާއި އިތުރު މައުލޫމާތު ސާފުކުރުމަށް 7718775 އަށް ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް ފިއެސް އިން އެދެއެވެ.

ފިއެސް އަކީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ހާސިލްކޮށްވާފައިވާ ކާމިޔާބު ކުންފުންޏެކެވެ.

ފިއެސް ގެ މި ޚިދުމަތްތައް ތަޖުރިބާކޮށްލުން ކިހިނެއްވާނެތޯއެވެ؟

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.