ބަތަލާ ޢާއިޝަތު ރިިޝްމީ އަންނަނީ އޭނާގެ ފޭނުންނަށް ސަޕްރައިޒެއް ދޭން ތައްޔާރުވަމުންނެވެ. ރިޝްމީގެ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް އިއްޔެ މިކަން ހިއްސާކޮށްފައިވާއިރު އޭނާ ވަނީ އާންމުންނަށް އެއީ ކޮން ސަޕްރެއްޒެއްކަން ދިމާކުރުމަށް ހުޅުވާލާފައެވެ.

އާންމުންނަށް ހުޅުވާލި ފުރުސަތުގައި ގިނަބަޔަކު ބުނަމުން އަންނަނީ އެއީ “އެހެނަސް ސީޒަން 2″ ގެ އުފާވެރި ޚަބަަރެެއް ކަމުގައެވެ. ބެލުންތެރިންގެ ބޮޑު މަޤުބޫލު ކަމެއް ހޯދާފައިވާ “އެހެނަަސް” ސީރީޒްގެ 2 ވަނަ ސީޒަނުން، ތަފާތު އަދި މޮޅު ރޯލަކުން ރިޝްމީ ފެނިގެންދާއިރު މިއީ މިހާތަނަށް ކުޅުނު އެންމެ ޗެލެންޖިންގ ރޯލުކަމަށް މީގެ ކުރިން ރިޝްމީ ބުނެފައި ވެއެވެ.

މި ސީރީޒްގެ ދެވަނަ ބަޔަކަށް ކުރެވޭ އިންތިޒާރު ވަރަށް ބޮޑަށް ދިގުލައިގެން ހިނގައްޖެ އެވެ. އެހެންވީމަ ރިޝްމީ އެބުނާ ސަޕްރިޒަކީ “އެހެނަސް” އާއި ގުޅުން ހުރިކަމަކަށް ވެދާނެއެވެ.

ދެން އޮތީ ރިޝްމީގެ ފިލްމު “ވިޝްކާ” ބައިސްކޯފަށް އަންނަ ވާހަަަކައެވެ. 2017 ވަނަ އަހަރު ޕްރިމިއާރ ކުރި ޔާރާ ޕްރޮޑަކްޝަންގެ ފިލްމު “ވިޝްކާ” އިން ރިޝްމީ ވަނީ އެންމެ މޮޅު ބަތަލާގެ އެވޯރޑް ހޯދާފައެވެ.

އެންމެ ފަހުން ބޭއްވުނު ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްގެ އެންމެ މޮޅު ބަތަލާގެ އެވޯޑުގެ އިތުރުން 2017 ވަނަ އަހަރު ސާކް ފިލްމު ފެސްޓިވަލްގައި “ވިޝްކާ” ބައިވެރި ކޮށްގެން ރިޝްމީ ވަނީ ސަރަހައްދުގެ އެންމެ މޮޅު ބަތަލާ މަގާމު ހޯދައި ބައިނަލްއަގުވާމީ އެވޯޑެއް ހޯދި ފުރަތަމަ ދިވެހި އެކްޓްރެސްގެ ޝަރަފުވެސް ހޯދާފައެވެ. މި ކްރައިމް ތްރިލާ ބައިސްކޯފުން ސްޓްރީމް ކުރަން ލިބޭނެ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. ނަމަވެސް ރަސްމީ ސިފައެއްގައި އެއްވެސް ފަރާތަކުން މިކަން ޔަގީން ކޮށްދީފައި ނެތްނަމެސް ރިޝްމީ މިކަމާއި ވިސްނަމުން އަންނަ ވާހަކަ މީގެ ކުރިން ބުނެފައިވެއެވެ. ރިޝްމީ މިބުނާ ސަޕްރައިޒަކީ މިއީ ކަމުގައިވުންވެސް އެކަށީގެންވެއެވެ،

ބަތަލާ ޢާއިޝަތު ރިޝްމީގެ ކުރިއަށް އޮތް ފިލްމުގެ އުފާވެރި ޚަބަރަކަށްވުންވެސް ގާތެވެ. ޔާރާ ޕްރޮޑަކްޝްއިން ރިޝީމީއާއި އޭނާގެ ކޮއްކޮ އަދި މަޝްހޫރު ބަތަލާ މަރްޔަމް އައްޒަގެ ފިލްމެއް ގެނެސްދޭނެ ވާހަކަ މީޑިއާއަށް ހިއްސާކުރިތާ ދެ އަހަރު ވެގެންދިޔަ އިރުވެސް މި ފިލްމިގެ މާ ބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އިންޓަގްރާމުގައި ރިޝްމީ ކޮށްފައިވާ ޕޯސްޓް

ޔަޤީންވާ ކަމަކީ މި ސަޕްރައިޒަކީ ރިޝްމީއާއި ރަވީގެ ފަރާތުން އެމީހުން ގެ ފޭނުންނަށް ދޭ ސަޕްރައިޒެއްކަމަވެ. އިއްޔެއަކީ ރިޝްމީއަށް ވަރަށް ޚާއްސް ދުވަހެއްވެސް މެއެވެ. ރިޝްމީއާއި ރަވީގެ ކަައިވެންޏަށް އަހަރުވީދުވަހެވެ. މުނިއަވަސްގެ ޓީމުން އެދެނީ މި ދެމަފިިރިންނަށް ބާއްޖަވެރި ދުވަސްތަކެކެވެ.

ރާއްޖޭގެ ގިނަބައެއްގެ ލޯބިލިބިފައިވާ އަދި ޚާއްސަކޮށް ކުޑަކުދިންގެ ނަމުންނަމަ“ރިޝްމީ ދައްތަ” އަކީ އެހެން ފަންނާނުންނާ ޚިލާފަށް އޭނާގެ މަސައްކަތްތަކަށް ލޯބިކުރާ މީހުންނާ ވަރަށް ގާތް ގުޅުމެއް ބާއްވާ ފަންނާނެކެވެ. އެހެންވީމާ ރިޝްމީގެ މި ސަޕްރައިޒަށް އިންތިޒާރު ކޮށްލާށެވެ. މާ ގިނަ ވަގުތެއް ނެތެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނަބީލް މުޙައްމަދު
މައިގަނޑުގޮތެއްގައި ނަބީލް ލިޔާނީ ފިލްމީ ޚަބަރާއި މަޢުލޫމާތެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ނަބީލްގެ ގަލަން ފަރިތައެވެ.