ކޮވިޑް-19އަށް ދިވެއްސަކު ފައްސުވެއްޖެ ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ހާމަކުރައްވައިފިއެވެ.
ނޭޝަނަލް އެމްޖެންސީ ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ އިނގިރޭސި ވިލާތުން އެނބުރި ރާއްޖެއަށްއައި 38 އަހަރުގެ ދިވެއްސެއް ކަމަށެވެ.
މިނިސްޓަރ އަމީން ވިދާޅުވީ އިނގިރޭސި ވިލާތުންއައި މިމީހާ މިހާރު ކަރަންޓީނުކޮށްފައިވާކަމަށާ، އޭނާ ކަރަންޓީނަށްލީ މިމަހު 22ވަނަ ދުވަހުކަމަށެވެ. އޭނާ ކޯވިޑް-19އަށް ޓެސްޓްކުރީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އެމީހާ ޕޮޒިޓިވްވީކަން ކަށަވަރުވީ މިމަހުގެ 27 ވަނަދުވަހުކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.
މި މީހާއެކު ކޯވިޑް-19 ރާއްޖެއިން މިހާތަނަށް ބަލި ޖެހުނު މީހުންގެ ޢަދަދު ވަނީ 14އަށް އަރާފައެވެ. ނަމަވެސް މިއީ ދިވެއްސަކު ބައްޔަށް ޕޮޒިޓިވްވީކަން ރަސްމީކޮށް ޔަޤީންކުރެވުނު ފުރަތަމަ ފަހަރެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!
- 9 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާ އަދި ލަވަތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް!
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!